މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ)ގެ ވެރިކަމެއްގައި ބޭރުގެ ގައުމުތަކުގެ ސިފައިންނަށް ރާއްޖޭގައި ނުތިބެވޭ ގޮތް ހެދުމަކީ ވައުދެއް ކަމަށް އެޕާޓީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ގިޔާޒުއްދީން ސްކޫލުގައި މިރޭ ބޭއްވި އެމްއެންޕީ އުފެއްދުމަށް ބާއްވާ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނާޒިމު ވިދާޅުވީ، ރާއްޖޭގެ އަމިއްލަވަންތަކަން ދަމަހައްޓައި ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖެއަކީ ފުރިހަމަ މިނިވަންކަމާއެކު ރަމްޒުކުރެވޭ އަދި ބޭރުގެ ވަކި ބާރަކަށް ނުވަތަ ގައުމަކަށް ބޯނުލަނބާ ހަމަހަމަ އުސޫލެއް ގެންގުޅޭ ބަޔަކަށް ހެދުމަކީ އެމްއެންޕީގެ ލަނޑުދަނޑިއެއް ކަމަށެވެ.
އަދި ރާއްޖޭގެ ބިމުން އެންމެ އިންޗިއެއްވެސް ބޭރުގެ ބަޔަކަށް ދިނުމާ ދެކޮޅަށް ފާޅުގައި ނުކުންނާނެ ކަމަށާއި ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ބޭރުގެ ގައުމެއްގެ ސިފައިންގެ މީހަކަށް ނުތިބެވޭނެ ގޮތް ހެދުމަކީ ވައުދެއް ކަމަށްވެސް ވިދާޅުވިއެވެ.
ނާޒިމުގެ ވާހަކައިގައި އެމްއެންޕީގެ ބައެއް ވައުދުތަކާއި އަމާޒުތައްވެސް ވަނީ ވިދާޅުވެފައެވެ.
- - އަދުލު އިންސާފު ގާއިމުކުރުމަށްޓަކާ ފަނޑިޔާރުންގެ މިނިވަންކަން ކަށަވަރުކަން، އަދި ރައްކާތެރިކަން ފޮރުކޮށްދިނުން
- - ޖޭއެސްސީއަކީ މިނިވަންކަން އޮތް މުއައްސަސާއަކަށް ހަދައި ސިޔާސީ މީހުންގެ ވަކިތަކުން ބާރިއަވެފައިވާ ދިވެހިންގެ އިތުބާރު އޮތްތަނަކަށް ހެދުން
- - ސަރުކާރުން ހިދުމަތް ހޯދުމަށް އެކިއެކި މީހުންނަށް ގުޅަންޖެހޭ ގޮތަށް މިހާރު އޮތް ނިޒާމު ފުޑުފުޑުކޮށްލައި، ފަސޭހަ ގޮތަކަށް ސަރުކާރު ހިދުމަތް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ބަދަލުކުރުން
- - އައިޑީކާޑައި ލައިސަންސް ކާޑު، އޮޓޯ ރިނުއަލް ނިޒާމަކުން އާ ކުރެވޭނެ ނިޒާމު ގާއިމުކުރުން
- - ރައްޔިތުންނަށް ދުއްްތުރާކުރާ ގޮތަށް ހެދިފައިވާ ގާނޫނުތަށް އުވާލައި ފަސޭހައިން އުޅެވޭ ގައުމަކަށް ހެދުން
- - ނުހެދި ހުރި ރިސޯޓުތަށް ނިންމައި، ޓޫރިޒަމް ދާއިރާއަށް ދަތިކަން ގެނުވާ އުދަނގޫ ގާނޫނުތަށް އުވާލުން
- - ސިއްހީ ދާއިރާގެ މެޖޯރިޓީ ހިދުމަތް ތެރިންނަކީ ދިވެހިން ކަމުގައި ހަދައި، އެ ދާއިރާގައި މަސައްކަތް ކުރާ މީހުންނަށް ރަނގަޅު އުޖޫރައެއް ދިނުން.
- - ޑުރަގު ވަބާއިން ސަލާމަތްވުމަށް ޒުވާނުންނަށް ރިހިބިލިޓޭޝަން ޕްރޮގްރާމް ހިންގުން
- - ޓެކްނޮލޮޖީ ހަބުތައް ގާއިމުކުރުން
- - ފަސް ސަރަހެއްދެއްގައި އާބަން ސެންޓަރެއް ގާއިމުކުރުން
- - އިސްލާމްދީން ނޫން އެހެން ދީނަކަށް ދިވެހި ފަސްގަނޑަކުން ޖާގަ ނުދިނުން
- - ތައުލީމު ހިދުމަތް ދޭ މީހުން ފުއްދުންތެރި ބަޔަކަށް ހެދުން
- - ދިވެހި އުފެއްދުންތަކުގެ އަގު ހިފެހެއްޓުމާއި މަސްވެރިކަމުގެ ސެކަންޑްރީ ސިނާއަތެއް ގާއިމުކޮށް އާމްދަނީ އިތުރުކުރުން
- - 90 ޕަސެންޓް ނަރުހުނަކީ ދިވެހިންނަށް ހަދައި 70 ޕަސެންޓް ސްޕެޝަލިސްޓުންނާއި ސުޕަ ސްޕެޝަލިސްޓުން ޑޮކްޓަރުންނަކީވެސް ދިވެހިންނަށް ހެދުން
- - ކިއުގައި ނުޖެހި ސިއްހީ ހިދުމަތް ލިބޭ އިންތިޒާމު ހަމަޖެއްސުން
- - ހުރިހާ ދިވެހިންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުން
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު