އުރީދޫ ސާފް ޗެމްޕިއަންޝިޕް 2021 ގެ ހަތަރުވަނަ މެޗުގައި އިންޑިއާއާއި ސްރީ ލަންކާ ވާދަކުރާ މެޗުގެ ލައިވް ކަވަރޭޖަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!
އިންޑިއާއަކީ މުބާރާތުގެ ތާރީހުގައި އެންމެ ކާމިޔާބު ޓީމު. އިންޑިއާއިން ވަނީ މިހާތަނަށް ހަތް ފަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްފައި. އިންޑިއާއަށް މިއަހަރުގެ މުބާރާތުގެ ފެށުން އެންމެ ރަނގަޅެއް ނޫން. ފުރަތަމަ މެޗުގައި ބަންގުލަދޭޝާ އެއްވަރުވީ 1-1 އިން. އެ މެޗުގެ ފަހު ހާފު އެއްކޮށް ކަހަލަ ގޮތަކަށް ބަންގުލަދޭޝް ކުޅުނީ ކުޅުންތެރިޔަކު މަދުކޮށް. އަނެއްކޮޅުން ނުކުންނަ ލަންކާއަށް އަދި މުބާރާތުގައި މޮޅެއް ހޯދިފައެއް ނުވޭ. މިހާތަނަށް ކުޅުނު ދެ މެޗުންވެސް އެޓީމު ބަލިވެފައިވާ އިރު، އެންމެފަހުން ކުޅުނު މެޗުގައި ނޭޕާލް އަތުން ބަލިވީ 3-2ގެ ނަތީޖާއަކުން.
- އިންޑިއާ - އީގޯ ސްޓިމަކް
- ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކޮށްލެވުނު ކޯޗެއް
- ސްޓިމަކް ވަނީ ކްރޮއޭޝިއާ ގައުމީ ޓީމަށް 1990 ވަނަ އަހަރުން 2002 ވަނަ އަހަރާ ހަމައަށް 53 މެޗު ކުޅެދީފައި
- ސްޓިމަކް ވަނީ 2012 ވަނަ އަހަރުން 2013 ވަނަ އަހަރަށް ކްރޮއޭޝިއާ ގައުމީ ޓީމުގެ ކޯޗުކަންވެސް ކޮށްފައި
- ކްރޮއޭޝިއާ ފުރަތަމަ ޑިވިޝަންގެ ކްލަބުތަކުގެ އިތުރުން ގަތަރުގެ ކްލަބަކާއި އިރާނުގެ ކްލަބަކަށްވެސް ސްޓިމަކް މީގެ ކުރިން ކޯޗުކަން ކޮށްދިން
- ސްރީ ލަންކާ - އަމީރް އަލަގިޗް
- އުމުރުން 61 އަހަރުގެ އާމިރަކީ ބޮސްނިއާގެ ކޯޗެއް
- ކްލަބުތަކުގެ ކޯޗުކަމުގައި އާމިރު ވަނީ ގިނަ ތަޖުރިބާތަކެއް ކޮށްފައި
- އާމިރު ވަނީ ބުރުނާއީގެ ގައުމީ ޓީމަށާއި ލީބިއާގެ ޒުވާން ގައުމީ ޓީމަށްވެސް ކޯޗުކަން ކޮށްދީފައި
- އޭގެ އިތުރުން ސައުދީ އަރަބިއްޔާގެ ފުރަތަމަ ޑިވިޝަންގެ ރިޔާދާއި އިންޑިއާގެ އީސްޓް ބެންގާލްއަށް އާމިރު ކޯޗުކަން ކޮށްދިން
- އާމިރު ވަނީ މަދު ދުވަސް ކޮޅަކަށް ރާއްޖޭގެ ނިއު ރޭޑިއަންޓަށްވެސް ކޯޗުކަން ކޮށްދީފައި
- އާމިރު ސްރީ ލަންކާގެ ފުޓުބޯޅައާ ގުޅުނީ މިދިޔަ އަހަރު، އޭނާއަކީ މިހާރުވެސް ކޯޗުގެ އިތުރުން ޓެކްނިކަލް ޑިރެކްޓަރު
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް