އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ބޭނުން ކުރާ އޮފިޝަލް ޖޯޒީ، ހުއްދަ ނެތް ފަރާތްތަކުން ނުވިއްކުމަށް އެފްއޭއެމުުން އެދިއްޖެއެވެ.
އެފްއޭއެމްއިން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ އެސޯސިއޭޝަންގެ ފަރާތުން ސާފް ޗެމްޕިއަންޝިޕްގައި ބޭނުން ކުރަން ތައްޔާރުކޮށްފައިވާ އޮފިޝަލް ޖޯޒީއަކީ ވަކި އެއްބަސްވުމެއްގެ ދަށުން، ބަޔަކަށް ރައިޓްސް ދީގެން ވިއްކުމަށް ހުއްދަ ދީފައިވާ ޖާޒީއެއް ކަމަށެވެ.
"ސާފްގައި ބޭނުންކުރާ ރަސްމީ ޖޯޒީ ވިއްކުމުގެ ހުއްދަ ދީފައިވާ ފަރާތް ފިޔަވައި އެހެން ފަރާތްތަކުން އޮފިޝަލް ޖޯޒީ ވިއްކުން ހުއްޓާލުމަށް ތިޔަ އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރަމެވެ. އެސޯސިއޭޝަންގެ ފަރާތުން އެދެނީ ހުއްދަނެތި ވިއްކަމުންދާ، ސާފް ޗެމްޕިއަންޝިޕް މުބާރާތުގައި ބޭނުންކުރުމަށް، ފަރުމާކޮށްފައިވާ އޮފިޝަލް ޖޯޒީ ވިއްކުމަށް ބޭނުން ވާ ނަމަ ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް ތިޔަ އެހެންމެހާ ފަރާތްތަކުން އަމަލުކޮށް ދެއްވުމަށެވެ." އެފްއޭއެމްގެ ބަޔާނުގައިވެއެވެ.
ސާފް ޗެމްޕިއަންޝިޕްގެ އޮފިޝަލް ޖޯޒީ ވިއްކުމުގެ ކަންކަން އެފްއޭއެމުން ކޮންޓްރެކްޓެއްގެ ދަށުން ހަވާލުކޮށްފައިވަނީ އައިލެންޑް އެޕެރަލްސްއާ އެވެ. އާ ޖޯޒީގެ ފަރުމާއަކީ ދިވެހި ވަންތަ ގޮތަކަށް ޖޯޒީ ތައްޔާރުކުރުމުގެ މަގުސަދުގައި އެފްއޭއެމް އިން ނެރުނު ފަރުމާއެކެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު