ހޭންވޭރު ދަނޑުކައިރިން ތޫނު އެއްޗަކުން ބިރު ދައްކައިގެން ނުވަ ލައްކައަށް ވުރެ ގިނަ ރުފިޔާ ފޭރުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
އެ ފޭރުމާ ގުޅޭ މައުލޫމާތު ފުލުހުން ހާމަކޮށްފައި ނުވި ނަމަވެސް، ކުރިމިނަލް ކޯޓުން ވަނީ އެ މައްސަލައިގެ ތުހުމަތުގައި މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ހައްޔަރުކުރި ގ. ހިޔަރޯދި، ޝަމްއާން ސަލީމް (27އ)ގެ މައްޗަށް ބަންދުގެ މުއްދަތު ޖަހައިފައެވެ.
ކުރިމިނަލް ކޯޓުގެ އަމުރުގައި ވަނީ ގިނަ ބަޔަކު ބައިވެރިވެގެން ތޫނު އެއްޗެއް ބޭނުންކޮށްގެން ބިރު ދައްކައި ފައިސާ ފޭރުމުގެ ކުށްކުރިކަމަށް ޝަމްއާންގެ މައްޗަށް ތުހުމަތުކޮށްފައެވެ. އޭނާގެ ބަންދަށް ދިހަ ދުވަސް ވަނީ ޖަހައިފައެވެ.
ޝަމްއާން އަކީ ކުށުގެ ރެކޯޑު ގިނަ ފަރާތެކެވެ. އޭގެ ތެރޭގައި ފޭރުމުގެ ގިނަ މައްސަލަތަކެއް ހިމެނޭ ކަމަށް ބަންދުގެ އަމުރުގައި ވަނީ ބުނެފައެވެ.
މީގެ ކުރިން ވެސް މާލެ އަދި ހުޅުމާލެއިން ވަނީ ގިނަ އަދަދެއްގެ ފައިސާ ފޭރިގަނެފައެވެ. އެ ފޭރުންތަކަކީ ރާއްޖޭގައި އޮޕަރޭޓުކުރާ ޓެރަރިސްޓު ގްރޫޕުތަކުން ކުރިކަމެއް ކަމަށް މީގެ ކުރިން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު