ރާއްޖޭގެ ދެކުނުގެ ރަށެއްގައި 13 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
ފުލުހުން ބުނީ، އައްޑޫ ސިޓީ އާއި ފުވައްމުލައް ހިމެނޭ ސައުތު ޕޮލިސް ޑިވިޝަނަށް އެ މައްސަލަ ހުށަހެޅީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ.
އެ މައްސަލައާ ގުޅިގެން 42 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
އެ މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތައް މިފަހަކަށް އައިސް ވަނީ އަނެއްކާވެސް އިތުރުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު