އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު، އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ވާދަކުރެއްވި ދާއިރާތަކަށް އިންތިހާބުވެއްޖެއެވެ.
މިނިސްޓަރު ފައްޔާޒު ކުރިމަތިލާފައިވަނީ އެމްޑީޕީގެ ގަމު ދާއިރާގެ ރައީސްކަމުގެ މަގާމަށެވެ. އޭނާއާ ވާދަކޮށްފައިވަނީ އަލީ އިބްރާހީމާއި އިސްމާއިލް ޒަކީއެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމީހުންގެ މައްޗަށް މިނިސްޓަރު ފައްޔާޒު ކުރި ހޯދާފައިވަނީ ބޮޑު އަޣުލަބިއްޔަތަކުންނެވެ.
މިނިސްޓަރު އަމީރު ކުރިމަތިލައްވާފައިވަނީ އެމްޑީޕީގެ މެދު ދެކުނު ޕްރޮވިސްގެ ރައީސްކަމުގެ މަގާމަށެވެ. އެނާއާ ވާދަކޮށްފައިވަނީ އަހުމަދު މުޖުތަބާއެވެ. ވަގުތީ ނަތީޖާ ދައްކާގޮތުން މިނިސްޓަރު އަމީރު ވަނީ ބޮޑު އަޣުލަބިއްޔަތަކުން އެ ދާއިރާގެ ރައީސްކަން ކާމިޔާބުކޮށްފައެވެ. އެގޮތުން މިނިސްޓަރު އަމީރަށް މުޖުތަބާއަށް ވުރެ 1000 ވޯޓު އިތުރަށް ލިބިފައިވާ ކަމަށް ވަގުތީ ނަތީޖާއިން ދައްކައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ތިން ވަޒީރުންވެސް ވަނީ ކުރިމަތިލި ދާއިރާތަކަށް އިންތިހާބުވެފައެވެ. އެގޮތުން ބޮޑު އަޣުލަބިއްޔަތަކުން އެމްޑީޕީގެ މެދުއުތުރު ޕްރޮވިންސްގެ ރައީސް ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުވެސް ވަނީ އިންތިހާބުވެފައެވެ.
އިންތިހާބުގައި އެ ދާއިރާއަށް މަހުލޫފާ ވާދަކޮށްފައިވަނީ މޫސާ ނައީމާއި އަލީ ޝާހީން ހުސެއިނެވެ. ގިނަ ފޮށިތަކެއްގެ ނަތީޖާ މިހާރު އިއުލާންކޮށްފައިވާ އިރު، އެ ފޮށިތަކުން މަހުލޫފު ވަނީ 90 އިންސައްތަ ވޯޓު ހޯއްދަވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު