އައްޑޫ ސިޓީގައި ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައެއް ބަލަމުން އަންނަ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު މިއަދު "ވަން" އަށް ވިދާޅުވީ އައްޑޫ ސިޓީގައި 16 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް އިއްޔެ ހުށަހަޅާފައިވާތީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
"ވަން" އަށް މައުލޫމާތު ދެއްވަމުން އައްޑޫ ސިޓީ ކައުންސިލު މޭޔަރު އަލީ ނިޒާރު ވިދާޅުވީ، ފުލުހަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް އިއްޔެ ހިނގައިގެން އެބަ އުޅޭ ކަމަށެވެ. އެހެން ނަމަވެސް ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކަށް ވުމުން އިތުރު ތަފުސީލު އަދި ދެވެން ނެތް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު