ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމުގެ މައްސަލަ ބަލައި އޭނާ މަގާމުން ވަކިކުރަން ޖެހޭ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުގައި ހުންނަވައިގެން، އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ޖިންސީ ގޯނާކޮށް، ޖިންސީ އަމަލު ހިންގާފައިވާ މައްސަލައިގައި ދައުވާ އުފުލާފައި ވަނިކޮށް ބޭސް ފަރުވާއަށް އިނގިރޭސި ވިލާތަށް ދިއުމަށްފަހު، އަލީ ވަހީދު އެނބުރި ރާއްޖެ ވަޑައިގެންފައެއް ނުވެ އެވެ.
އަދި އެގައުމުގައި ހުންނަވައިގެން އަލީ ވަހީދު ދަނީ މިފަހަކަށް އައިސް ގިނަ ޓުވީޓުތަކެއް ކުރައްވަމުންނެވެ.
ޝަމީމަށް ފާޑުވިދާޅުވެ އަލީ ވަހީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހައިކޯޓުގެ ހުކުމުން އޭނާއާ ދޭތެރޭ ޕީޖީން ވެފައިވާ އިހުމާލު ދަލީލުކޮށްދޭ ކަމަށެވެ.
"ކަމަކަށް ކަމެއް ކުރާ މީހަކު ލައިގެން ދައުލަތް ހަރާބުވެއްޖެ. މައްސަލަ ބަލައި އޭނާ ވަކިކުރަންޖެހޭ. އޭނާއަކީ ވަގު ފައިސާގެ ދިފާއީ ވަކީލު. މަގާމަށް ކުފޫ، އުންސުރު ހަމަނުވޭ!،" އަލީ ވަހީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ކްރިމިނަލް ކޯޓުގައި ޕީޖީން ތާއީދުކުރީ އޭނާ ބޭރަށް ފުރުވާލަން ކަމަށާއި އެކަން ކޯޓުގެ ޝަރީއަތުގެ ރެކޯޑިންތަކުން ކަށަވަރު ކުރެވޭނެ ކަމަށެވެ. އަދި އާ ޕާސްޕޯޓެއް ހަދައި އެރެއިން އެރެއަށް ފުރަން މަޖުބޫރު ކުރުވި ކަމަށާއި އެއަށްފަހު މަސައްކަތް ކުރީ ޖޭއެސްސީ ހިސާރުކޮށްގެން ފަނޑިޔާރު ހަވަރަށްދީ ހަރާމް ހުކުމެއް ކުރުމަށް ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު