Close
ޚަބަރު

ހުޅުމާލޭގައި ހިންގި މާރާމާރީއެއްގައި މީހަކު ޒަހަމުކޮށްލައިފި

އަލީ ޔާމިން

ހުޅުމާލޭގައި މިރޭ ހިންގި މާރާމާރީއެއްގައި މީހަކު ޒަހަމުކޮށްލައިފިއެވެ.

ފުލުހުން ބުނީ، މިރޭ 8:24 ހާއިރު ހިންގި އެ މާރާމާރީގައި އަނިޔާވެފައިވަނީ 41 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށެވެ.

އެމީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ އިރު، އަނިޔާގެ ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ.

އެނގިފައިވާ ގޮތުގައި އެ މާރާމާރީ ހިންގާފައިވަނީ ގްރޫޕަކުންނެވެ.

މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ އިރު، މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވެސް ހުޅުމާލޭގައި ވަނީ ގްރޫޕަކުން ހަމަލާދީ ޒުވާނަކު ޒަހަމުކޮށްލައިފައެވެ.