ސިޔާސީ މަގާމުތަކުގައި ތިބޭއިރު ބިރު އޮންނާނެ ކަމަށާއި ރާއްޖެ ނައިސް ހުންނަ ނަމަ ރައީސް ނަޝީދު މަގާމުން އިސްތިއުފާ ދޭން ޖެހޭނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އަދި ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ) އުފެއްދުމުގައި އިސްކޮށް ހުންނެވި އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިހެން ވިދާޅުވީ ވަން ޕްލަސް އިން ގެނެސްދޭ "ވަން އެކްސްކްލޫސިވް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއަށްފަހު އަދިވެސް ނުރައްކާ އޮތްކަމަށް ގަބޫލުކުރެވޭތީ ރާއްޖެ ވަޑައިނުގަންނަވާން ހުންނެވި މައްސަލައިގައި، އުމަރު ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާ ކުށްވެރިކުރައްވާ ކަމަށާއި، އެއްވެސް ބޭފުޅަކަށް އެކަހަލަ ހަމަލާއެއް ދީގެން ނުވާނެ ކަމަށެވެ. އަދި އެ ހަމަލާ ދިން މީހުން ހޯދައި އެމީހުންނާ ދޭތެރޭގައި ގާނޫނުން އޮންނަ އެންމެ ބޮޑު އަދަބުވެސް ދޭންވާނެ ކަމަށެވެ.
"ނަޝީދަށް ދިން ހަމަލާގެ ސަބަބުން އެ ބޭފުޅާ ރާއްޖެ ނާންނަން ގަސްތުކުރައްވާ ކަމަށް ވަންޏާ، އެ ބޭފުޅާ ޖެހޭނެ އިސްތިއުފާ ދެއްވަން. އެއީ ދައުލަތުގެ އެފަދަ މަގާމެއްގަ ހުންނަވާ ބޭފުޅަކު ރާއްޖެއިން ބޭރަކު ނުއެއް ހުންނެވޭނެ. ރާއްޖެއަށް ވަޑައިގެން ހިދުމަތް ކުރައްވަން ޖެހޭނެ." އުމަރު ވިދާޅުވިއެވެ.
އުމަރު އިތުރަށް ވިދާޅުވީ ދައުލަތަށް ހިދުމަތްކުރާ މީހުންނަށް އެކިއެކި ތުރެޓް އަބަދުވެސް އޮންނާނެ ކަމަށެވެ. ތުރެޓް ނެތިއެއް ނުދާނެ ކަމަށާއި އަދި ނަޝީދަކީ ވަރަށް ތުރެޓް ބޮޑު ބޭފުޅެއް ކަމަށްވާތީ، ރާއްޖެއަށް ވަޑައިގެންނެވެން ނެތް ކަމަށް ވާނަމަ، އިސްތިއުފާ ދެއްވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު