Close
ޚަބަރު

އަޅުގަނޑާއި ޒިޔާ މީ އަބަދުވެސް ގުޅިފައި ތިބި ދެމީހުން، ކައިވެންޏެއް ނުރޫޅޭ: ޝިދާތާ

އައިޝަތު ނިއުޝާ

1

އޭނާއާއި ޒިޔާއާ ދެމީހުންނަކީ އަބަދުވެސް ގުޅިފައި ތިބި ދެމީހުން ކަމަށާއި ކައިވެނި ނުރޫޅޭ ކަމަށް ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވެއްޖެ އެވެ.

ވަން ޕްލަސް ގެ "ވަަން އެކްސްކްލޫސިވް" ފުރަތަމަ އެޕިސޯޑް ގައި ވާހަކަ ދައްކަވަމުން ޝިދާތާ ވިދާޅުވީ އިތުރު ކައިވެންޏަކާ ދޭތެރޭ ވިސްނޭނީ ކައިވެނި ރޫޅުނީމަ ކަމަށެވެ.

ޝިދާތާ މިހެން ވިދާޅުވީ އޭނާއާއި ޒިޔާގެ ކައިވެނި ރޫޅިއްޖެ ކަމުގެ އަޑުތަކެއް ދާދި ފަހުން މީޑިއާގައި ފެތުރިފައިވާތީ އެކަމާ މެދު ސުވާލު ދެންނެވުމުންނެވެ.

"އަޅުގަނޑު ކައިވެންޏެއް ނުކޮށް ނުހުރެދާނެ ކަންނޭނގެ. އެކަމަކު މިވަގުތު ތިކަހަލަ ކަމަކާ ދޭތެރޭގަ ވިސްނާ ހާލަތެއްގަވެސް ނޫން މި ހުރީކީ. އަދި އަޅުގަނޑު ކައިވެނި ރޫޅިފައެއްވެސް ނޫން މިހުރީކީ. އިތުރު ކައިވެންޏަކާ ދިމާލަށް ދާންވާނީ ކައިވެނި ރޫޅުނީމަ ދެއްތޯ؟" ޝިދާތާ ވިދާޅުވިއެވެ.

ޝިދާތާ އިތުރަށް ވިދާޅުވީ ޒިޔާއާ ގުޅުން އަބަދުވެސް ރަނގަޅުވާނެ ކަމަށެވެ. އެއީ އެ ދެމަފިރިންނަކީ އަބަދުވެސް ގުޅިފައިތިބި ދެ މީހުން ކަމަށެވެ. ކައިވެނީގެ ގުޅުމުންވެސް އަދި އެހެން ގޮތުންވެސް ވަނީ ގުޅިފައި ކަމަށެވެ. އަދި ޒިޔާއަށް ކުރާ އިހުތިރާމަށް ދުވަހަކުވެސް އިތުރު ބަދަލެއް ނާންނާނެ ކަމަށެވެ.

ޝިދާތާ ވިދާޅުވީ ކައިވެނީގެ ގުޅުމުން ގުޅޭނީ ދެމީހުން ކަމަށާއި ނަމަވެސް ނޫޅެވޭނެކަން ޔަގީން ވުމުން އެކުގައި ނޫޅެވޭނެ ކަން ނިންމާނީ ވެސް އެ ދެމަފިރިން ކަމަށެވެ. އަަދި އެ ދެމަފިރިންގެ ކައިވެންޏަށް ވަރަށް ބޮޑު ސަމާލުކަމެއް ލިބުމީ ދެމީހުންވެސް ވަރަށް ބޮޑަށް ހައިރާންވި ކަމެއް ކަމުގައި ޝިދާތާ ފާހަގަކުރެއްވިއެވެ.

މި ފަހުން މީޑިއާތަކުގައި ޒިޔާ އަދި ޝިދާތާގެ ކައިވެނި ރޫޅި، ޝިދާތާ ސިންގަލް ކަމަށް ވަނީ ވަރަށް ބޮޑަށް އަޑުތައް ފެތުރިފައެވެ. އެހެން ނަމަވެސް ޝިދާތާ ވަނީ އެކަން ދޮގުކޮށްފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟