ހިޔާގެ ނުވަ ވަނަ ޓަވަރުން ފުލެޓު ލިބުނު މީހުންގެ ތެރެއިން ސްޓެލްކޯގެ ހިދުމަތަށް ރަޖިސްޓަރީ ކޮށްފައި ނުވާ މީހުން ރަޖިސްޓަރީ ވުމަށް އެދިއްޖެއެވެ.

ނުވަ ވަނަ ޓަވަރުން ފުލެޓު ލިބުނު މީހުންގެ ތެރެއިން ގިނަ ބަޔަކު ކަރަންޓުގެ ހިދުމަތަށް ރަޖިސްޓަރީ ކޮށްފައެއް ނުވެއެވެ. ސަބަބެއް ކަމަށް އެމީހުން ބުނަނީ، ސްޓެލްކޯގެ ހިދުމަތުގެ ފޯމުގައި ސޮއިކުރަން ދާންޖެހޭ ސުކޫލު ސާފުވެފައި ނުވުމެވެ.

ސްޓެލްކޯ އިން މިއަދު ބުނީ ނުވަ ވަނަ ޓަވަރުން ފުލެޓު ލިބި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ އެކު، ސޮއިކޮށްފައިވާ މީހުންގެ ތެރެއިން ސްޓެލްކޯގެ ހިދުމަތުގެ ފޯމުގައި ސޮއިކޮށްފައި ނުވާ މީހުންނަށް އެކަން ކުރުމުގެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން މާދަމާ ހެނދުނު 9:00 އިން މެންދުރު 12:00 އާ ދެމެދު ހުޅުމާލެ ހުރަވީ ސުކޫލުގެ ހޯލުގައި ރަޖިސްޓްރީ ކުރުމުގެ ކަންކަން ކުރިއަށްދާނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ.