ޑައިރެކްޓް ކޮންޓެކްޓް ވެގެން އައްޑޫ ސިޓީގައި ކަރަންޓީން ކޮށްފައި ހުރި 92 އަހަރުގެ އަންހެނަކު މަރުވެއްޖެ އެވެ.
ވަޅުލުމުގެ ކުރިން އޭނާގެ ސާމްޕަލް ކޮވިޑަށް ޓެސްޓް ކުރިއިރު ޕޮޒިޓިވް ވެފައިވާ ކަމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އޮފިޝަލަކު 'ވަން' އަށް މިއަދު ވިދާޅުވީ، ޑައިރެކްޓް ކޮންޓެކްޓް ވެގެން ގޭގައި ކަރަންޓީނު ކޮށްފައި ހުރި އެ އަންހެން މީހާ، މިއަދު ހެނދުނު އެ ސިޓީގައި ހުންނަ މެޑިކަލް ފެސިލީޓީއަށް ގެންގޮސްފައިވާ ކަމަށާއި މަރުވެފައިވާ ކަމަށް ނިންމާފައިވަނީ 7:20ގައި ކަމަށެވެ.
އެއީ އައްޑޫ ސިޓީން ކޮވިޑުގައި މަރުވި ތިން ވަނަ މީހާ އެވެ.
އިއްޔެ ވެސް ވަނީ ކޮވިޑް ޖެހުނު މީހަކު ރާއްޖޭގައި މަރުވެފަ އެވެ. ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ އެ މީހާ މަރުވެފައިވަނީ އިއްޔެ ހެނދުނު އެވެ.
އައްޑޫ ސިޓީން މިއަދު މަރުވި މީހާއާ އެކު ރާއްޖެ އިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު މި ވަނީ 224 އަށް އަރާފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު