ހިޔާ ފުލެޓުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތުގެ ދަށުން މާދަމާ ކަރަންޓު ދިނުމަށް ހަމަޖެހިފައިވަނީ ހަތެއް އަދި އަށް ވަނަ ޓަވަރަށް ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ސްޓެލްކޯ އިން ހިޔާ ފުލެޓުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ފަށާފައިވަނީ އިއްޔެ އެވެ. އެގޮތުން އިއްޔެ ކަރަންޓު ދީފައިވަނީ 15 އަދި 16 ވަނަ ޓަވަރަށެވެ. އަދި މިއަދު ކަރަންޓު ދީފައިވަނީ 11 އަދި 12 ވަނަ ޓަވަރަށެވެ.
ސްޓެލްކޯ އިން ބުނީ މާދަމާ ކަރަންޓު ދޫކުރުމަށް ހަމަޖެހިފައިވާ ހަތަކާއި އަށްވަނަ ޓަވަރުން ފުލެޓު ލިބިފައިވާ ފަރާތްތަކަށް ހާޒިރުވާން ޖެހޭ ގަޑި އެސްއެމްއެސް މެދުވެރިކޮށް އަންގާނެ ކަމަށާއި އެ ފަރާތަކަށް ހާއްސަ ކުރެވިފައިވާ ގަޑިއަށް އެ ކުންފުނިން ދޫކޮށްފައިވާ ސްލިޕާއެކު ފުލެޓުތަކުގެ ތަޅުދަނޑި ހިފައިގެން ޓަވަރުތަކަށް ހާޒިރުވުމަކީ ވަރަށް ބޮޑު އިލްތިމާސެއް ކަމަށެވެ.
ސްޓެލްކޯ އިން އިއްޔެ ފެށި މަސައްކަތުގެ ތެރެއިން ކޮންމެ ދުވަހަކުވެސް ދެ ޓަވަރަށް ކަރަންޓު ދިނުމަށް ހަމަޖެހިފައިވެ އެވެ. އެ މަސައްކަތް ކޮންމެ ދުވަހަކުވެސް ހެނދުނު 9:00 އިން ހަވީރު 5:00 ކުރިއަށްދާނެ ކަމަށް ސްޓެލްކޯ އިން ބުނެއެވެ.
ސްޓެލްކޯ އިން ބުނީ އެ ދުވަހަކު ކަރަންޓު ދިނުމަށް ހަމަޖެހިފައިވާ ދެ ޓަވަރުން ފުލެޓު ލިބިފައިވާ ފަރާތްތަކަށް އެސްއެމްއެސް ލިބި ހާޒިރު ނުވެވިއްޖެ ކަމަށްވާ ނަމަ، އެ މީހެއްގެ ފުލެޓަށް ދެން އެ ފުރުސަތު ދެވޭނީ ބާކީ ހުރި ޓަވަރުތަކަށް ކަރަންޓު ދީ ނިމުމުން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު