އެންމެ ދުވަހަކަށް ޑިއުޓީއަށް ސަލާން ބުނި މުވައްޒަފަކު މެޑިކަލް ސެޓްފިކެޓް ހުށަހަޅަން އެންގުމުން ޑޮކްޓަރަކު މޮޅު ރައްދެއް ދީފިއެވެ.
އިނގިރޭސިވިލާތުގެ ވަޒީފާ ގަވާއިދު ބުނާ ގޮތުން ހަތް ދުވަހަށްވުރެ ގިނަ ދުވަސް ނުވާ ނަމަ ބަލިވެގެން ސަލާން ބުނާ ދުވަސްތަކަކަށް މެޑިކަލް ސެޓްފިކެޓު ހުށަހަޅާކަށް ނުޖެހެއެވެ. ނަމަވެސް އެތަނުގެ ސުޕަމާކެޓެއްގައި ޑިއުޓީ ކުރާ ކެތު އޭނާގެ ބޮސް އަށް ބަލިވެގެން ރިޕޯޓު ކުރުމުން ވަނީ މެޑިކަލް ހުށަހަޅަން އަންގާފައެވެ.
މިވާހަކަ ކެތު ހިއްސާކޮށްފައިވަނީ ރެޑިޓްގައެވެ. ކެތު ބުނާ ގޮތުގައި އޭނާ ޑިއުޓީތަކަށް ގަވާއިދުން ނުކުންނައިރު ދުވަހަކުވެސް ގަޑިޖެހިފައެއް ނުވާނެއެވެ. ނަމަވެސް ރޯގާ ޖެހި ބޮޑުވަރުވެގެން ޑިއުޓީއަށް ނުކުމެވެން ނެތްކަން އެދުވަހުގެ ޝިފްޓު ފެށުމުގެ ފަސް ގަޑިއިރު ކުރިން އޭނާގެ ބޮސް އަށް އެންގި ކަމަށް އޭނާ ބުނެއެވެ.
ކެތު ސަލާން ބުނަން ގުޅުމުން، އޭނާގެ ބޮސް ވަރަށް ރުޅި އައި ކަމަށާއި، ބަލިވެގެން ޑިއުޓީއަށް ނުނުކުމެވޭ ނަމަ ޑޮކްޓަރަށް ދައްކައި މެޑިކަލް ސެޓިފިކެޓު ހުށަހެޅުމަށާއި ނޫންނަމަ ވަޒީފާއިން ކަނޑައިލާނެ ކަމުގެ އިންޒާރު ދިން ކަމަށް ކެތު ބުނެއެވެ.
މިކަމާ ރުޅިއައިސްގެން ކެތު ވަނީ ބޮސްގެ އެދުމުގެ މަތިން ޑޮކްޓަރަށް ދައްކަން ގޮސްފައެވެ. އަދި ޑޮކްޓަރަށް ކަންތައް ވީ ގޮތް ކިޔައިދިންކަމުގައި އޭނާ ބުނެއެވެ.
ކެތު އަށް ޑޮކްޓަރު ލިޔެދިން ސެޓިފިކެޓުގައި ''(މުވައްޒަފުގެ ނަން) ޑޮކްޓަރަށް ދައްކަން އައިސްފައިވަނީ އަރާމު ކުރުމަށް އެންގުމުގެ ބަދަލުގައި ގާނޫނު މަނާ ކުރާ ހާލުގައިވެސް ސެޓިފިކެޓު ހޯދުމަށް ވެރިފަރާތުން އަމުރުކޮށްފައިވާތީ. ޑޮކްޓަރަށް ދައްކަން އައިސް ވެއިޓިން ރޫމުގައި ހުންނަން ޖެހުމުގެ ސަބަބުން ބަލި މީހާގެ ހުން ގަދަވެ ބޮޑުވަރުވެފައިވާ ކަމަށް ފެންނާތީ، (މުވައްޒަފުގެ ނަން) މިކަމުން އަރައިގަތުމަށް މިއަދުން ފެށިގެން ދެ ހަފުތާއަށް ގޭގައި މަޑުކުރަން އަންގަން.'' ޑޮކްޓަރު ސޮއިކޮށް ލިޔެދިން ސެޓިފިކެޓުގައި ވެއެވެ.
ބަލިވުމުން އަރާމުކޮށްލުމަށް ގޭގައި މަޑުކުރުމުގެ ހުއްދައެއް ދިނުމަކީ ގާނޫނު ތަންދޭ ކަމަކަށް ވާއިރު، އެގޮތަށް އަމަލުކުރި ނަމަ ދެ ދުވަހެއްގެ ތެރޭގައި ޑިއުޓީތަކަށް ނުކުމެވޭ ވަރު ވާނެ ކަމަށާއި ނަމަވެސް ބަލިމީހާއަށް ސެޓިފިކެޓެއް ހުށަހެޅުމުގެ ތަކުލީފު ޖެއްސުމުގެ ސަބަބުން ބަލީގައި ބޮޑުވަރުވެފައިވާ ކަމަށް ޑޮކްޓަރު ވަނީ ބުނެފައެވެ.
މިކަމުގެ ސަބަބުން، ސުޕަމާކެޓުގެ މެނޭޖަރަށް ވަނީ ސަލާން ބުނުމުގެ ގާނޫނާ ހިލާފަށް މުވައްޒަފަށް ޑިއުޓީއަށް ނުކުތުމަށް އަންގާފައިވާތީ އަޑުއެހުމަކަށް ހާޒިރުކުރެވި އިންޒާރު ދީފައެވެ.
މިކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ކެތު އަށް މެޑިކަލް ސެޓިފިކެޓް ލިޔެދިން ޑޮކްޓަރަށް ތައުރީފު ކުރަމުންނެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް