އިތުރުކޮށްފައިވާ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގާބިލުކަމާއި ހަލުވި ސްޕީޑާއެކު، އެމް6 ޗިޕް ހިމެނޭ އާ އައިމެކް އެޕަލްއިން ދައްކާލައިފިއެވެ.
ކެލިފޯނިއާގެ ކޫޕަޓީނޯގައި އެ ކުންފުނިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ، ތުނި ފަރުމާއަކާއެކު ހަތް ކުލައަކުން ނެރޭ މި އޯލް-އިން-ވަން ކޮމްޕިއުޓަރުގައި 24 އިންޗީގެ 4.5ކޭ ރެޓީނާ ޑިސްޕްލޭއަކާއި، ސިރީ އޭއައި އަދި މެކްއޯއެސް 27 ހިމެނޭ ކަމަށެވެ.
އެޕަލްއިން ބުނި ގޮތުގައި، އާ އައިމެކްގައި 12 ކޯގެ ސީޕީޔޫއަކާއި 12 ކޯގެ ޖީޕީޔޫއެއްގެ އިތުރުން ޑުއަލް 16 ކޯގެ ނިއުރަލް އިންޖީނެއް ހިމެނެއެވެ. މިއީ ކުރީގެ އެމް4މޮޑެލަށް ވުރެ ސީޕީޔޫ އަދި ޖީޕީޔޫގައި ދެ ކޯ އިތުރު އަދަދެއް ކަމަށާއި، މިއީ ދުނިޔޭގެ އެންމެ އަވަސް ސިންގަލް-ތްރެޑެޑް ސީޕީޔޫ ޕާފޯމަންސް ފޯރުކޮށްދޭ ޗިޕް ކަމަށް އެ ކުންފުނިން ބުންޏެވެ.
މީގެ އިތުރުން، އެކްސެލް ފަދަ އެޕްތަކުގައި އެމް4 އަށް ވުރެ 1.5 ގުނަ އަވަސްވާނެ ކަމަށާއި، ގްރެފިކްސް އަދި ރޭ ޓްރޭސިން ގޭމިން ޕާފޯމަންސް ދެ ގުނަ އަވަސްވެފައި، ސްޓޯރޭޖް ސްޕީޑް ވެސް ދެ ގުނައާ ހަމައަށް އަވަސްވާނެ ކަމަށް އެ ކުންފުނިން ފާހަގަކުރިއެވެ. އަދި މެމޮރީ ބޭންޑްވިތު ސިކުންތަކު 170 ގިގަބައިޓާ ހަމައަށް މަތިކޮށްފައިވާއިރު، އާ ނިއުރަލް އިންޖީނާއެކު އޭއައި ކޮމްޕިއުޓް ދެ ގުނަ އަވަސްވެ، ޑިވައިސްގައި ކުރާ އޭއައި މަސައްކަތްތައް އެމް4 އަށް ވުރެ ފަސް ގުނަ އަވަސްވާނެ ކަމަށް ވެސް އެޕަލްއިން ބުންޏެވެ.
މި އައިމެކް ދެ މޮޑެލަކުން ލިބެން ހުންނާނެއެވެ. އެއީ ދެ ތަންޑަބޯލްޓް ޕޯޓާއެކު އަންނަ 10 ކޯ ސީޕީޔޫ އަދި 10 ކޯ ޖީޕީޔޫ މޮޑެލާއި، ހަތަރު ތަންޑަބޯލްޓް ޕޯޓް ހިމެނޭ 12 ކޯ ސީޕީޔޫ އަދި 12 ކޯ ޖީޕީޔޫ މޮޑެލެވެ. އާ އައިމެކްގެ އަގުތައް 1،499 ޑޮލަރުން ފެށޭއިރު، މިއަދު ޕްރީ-އޯޑަރަށް ހުޅުވާލައި، ނޮވެންބަރު 6 ގައި ކަސްޓަމަރުންނަށް ލިބެން ފަށާނެއެވެ.
އެޕަލް
އެޕަލް
އެޕަލް
އެޕަލް
ކޮމެންޓް