އެޕަލްގެ ފުރަތަމަ ފޯލްޑަބަލް ފޯނު "އައިފޯން ޑުއޯ" ވިއްކަން ފެށިތާ ގަޑިއިރުތަކެއްގެ ތެރޭގައި އެ ކުންފުނީގެ ވެބްސައިޓުން ހުސްވެއްޖެއެވެ. މި ސްޓޮކް ހުސްވެފައިވާއިރު، އާ ސްޓޮކެއް ލިބޭނެ ވަކި ތާރީހެއް އެޕަލްއަކުން ނުބުނެއެވެ.
ފައިނޭންޝަލް ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އޮކްޓޫބަރު 16 ގައި 1،999 ޑޮލަރުން ފެށިގެން މަތީގެ އަގުތަކުގައި ވިއްކަން ފެށި މި ފޯނަށް ވަނީ އާދަޔާ ހިލާފު ބޮޑު ތަރުހީބެއް ލިބިފައެވެ. އެ ކުންފުނީގެ އާ ޗީފް އެގްޒެކެޓިވް ޖޯން ޓާނަސް މިދިޔަ ސެޕްޓެންބަރު މަހު ތައާރަފުކޮށްދިން މި ފޯނުގެ ސްޓޮކް އަންނަ އަހަރާ ހަމަޔަށް ހުސްވެފައިވީ ނަމަވެސް، އޮންލައިންކޮށް އޯޑަރު ނެގުން ކުރިއަށްގެންދާނެ ކަމަށް އެޕަލްއިން ބުންޏެވެ.
މި ފޯނުގެ އާ ސްޓޮކް ލިބޭނެ ސީދާ ތާރީހުތަކާ ގުޅޭ ގޮތުން ފެތުރެމުންދާ މައުލޫމާތުތައް ރަސްމީކޮށް ކަށަވަރުވެފައެއް ނުވެއެވެ.
އެނަލިސްޓް މިންގް-ޗީ ކުއޯ ބުނާގޮތުގައި، އުފެއްދުންތެރިކަމުގެ ދަތިތަކާ ހުރެ ފޯނު ލިބޭނެ މުއްދަތު ހަތަރު ހަފުތާއާއި ހަ ހަފުތާއަށް ނުވަތަ އެއަށް ވުރެ ދިގު މުއްދަތަކަށް އިތުރުވެ، މިއަހަރުގެ ނިޔަލަށް މި ދަތިކަން ދެމިއޮވެދާނެއެވެ.
އުފެއްދުންތެރިކަން ހަމަޔަކަށް އެޅޭނެ ކަމަށް ބެލެވެނީ މިއަހަރުގެ ފަހުކޮޅު ނުވަތަ 2027 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ކަމަށް ވެސް އޭނާ ބުނެއެވެ. ނަމަވެސް ފިހާރަތަކަށް ފޯރުކޮށްދޭނެ ފޯނުގެ އަދަދާއި، އަންނަ އަހަރުގެ ތެރޭގައި އޮންލައިން އޯޑަރުތައް ފޯރުކޮށްދެވޭނެ ސީދާ ތާރީހެއް ވެސް އެޕަލްއިން އަދި ހާމަކޮށްފައެއް ނުވެއެވެ.
އެޕަލް
އެޕަލް
އެޕަލް
އެޕަލް
ކޮމެންޓް