ފުވައްމުލަކު ސިޓީ މޮނީޓަރިންގެ ހާލަތުން ނަގައި އާންމު ހާލަތަށް ގެނެސްފިއެވެ.
ފުވައްމުލަކު މޮނީޓަރިންގެ ހާލަތަށް ގެނައީ މެއި މަހުގެ ހަ ވަނަ ދުވަހުއެވެ. އެ ސިޓީ މޮނީޓަރިންގެ ހާލަތުން ނަގާފައި މިވަނީ 91 ދުވަސް ފަހުންނެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ފުވައްމުލަކު ސިޓީ މިއަދު މޮނީޓަރިންގެ ހާލަތުން ނަގައި އާންމު ހާލަތަށް ގެނެސްފައިވާ ކަމަށެވެ.
ފުވައްމުލަކު ސިޓީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ ރޯގާގެ އަލާމާތް ހުރެގެން ފުވައްމުލަކުގެ ފުލޫ ކްލިނިކަށް ދެއްކި މީހަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.
ފުވައްމުލަކުން މިހާރު ބައްޔަށް ފަރުވާ ހޯދަމުން އަންނަނީ 44 މީހުންނެވެ. އަދި މި ބަލީގައި އެ ސިޓީން އެކަކު ވަނީ މަރުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު