ކުއަޑް ބައިކު އެކްސިޑެންޓެއްގައި މައިކަލް ބަލަކުގެ ދަރިފުޅު، އެމިލިއޯ ބަލަކު މަރުވެއްޖެއެވެ.
ޖަރުމަނުގެ ލެޖެންޑަރީ ފުޓުބޯޅަ ކުޅުންތެރިޔާ ބަލަކުގެ 18 އަހަރު ދަރިފުޅު މަރުވި އެކްސިޑެންޓް ހިނގާފައިވަނީ ޕޯޗުގަލްގައެވެ. އެމިލިއޯއަށް އެ ހާދިސާއާ ކުރިމަތިވީ އޭނާ ޗުއްޓީ ހޭދަކުރަމުން ދަނިކޮށެވެ.
ބަލަކުގެ ދަރިފުޅު މަރުވުމުގެ ހިތާމައިގައި ފުޓުބޯޅަ ދުނިޔެއިން ތައުޒިޔާގެ މެސެޖުތައް ފޮނުވަމުންދާ އިރު، ބަލަކު ގިނަ ދުވަސްތަކެއް ވަންދެން ކުޅެފައިވާ ޗެލްސީން ބުނެފައިވަނީ އެ ހަބަރާއެކު ކްލަބަށް ފުން ހިތާމައެއް ކުރިމަތިވެފައިވާ ކަމަށާއި، ބަލަކަށް ހިތްވަރު ދޭ ކަމަށެވެ.
ޖަރުމަނުގެ ގައުމީ ޓީމަށް 98 މެޗު ކުޅެދީފައިވާ ބަލަކު 2008 ވަނަ އަހަރު ކައިވެނި ކޮށްފައި ވަނީ ސައިމޯން ލާމްބޭއާއެވެ. އެ ކައިވެނި މިހާރު ރޫޅިފައިވީ ނަމަވެސް، ކައިވެންޏަށް ތިން ދަރިން ލިބިފައިވެއެވެ.
އެއީ ލުއިސް، އެމިލިއޯ އަދި ޖޯޑީއެވެ. އެމިލިއޯ އަކީ ބަލަކުގެ ދެވަނަ ދަރިފުޅެވެ.
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ
ފުޓްބޯޅަ