އަމިއްލަ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ދުބާއީ އަށް ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ މިއަދުން ފެށިގެން މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އަމިއްލަ ދަތުރުފުޅެއްގައި ދުބާއީ އަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ރައީސް ވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހުވެސް އަމިއްލަ ދަތުރުފުޅެއްގައި ދުބާއީ އަށް ވަޑައިގެންފަ އެވެ. އެފަހަރު ދުބާއީ އަށް ވަޑައިގެންނެވީ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު އަވަހާރަވުމާ ގުޅިގެން ޖަނާޒާގައި ބައިވެރިވެ ވަޑައިގަތުމަށެވެ.
އީދު ބަންދާ ދިމާކޮށް ރައީސްގެ ދެ ކަނބަލުން ވަނީ އަމިއްލަ ދަތުރުފުޅެއްގައި ސްރީލަންކާ އަށްވެސް ވަޑައިގެންފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު