ކޮވިޑުގައި އިތުރު މީހަކު މަރުވެ ރާއްޖޭގެ ޖުމުލަ 218 އަށް އަރައިފި އެވެ.
ވަން އަށް އެނގިފައިވާ ގޮތުގައި މިއަދު މަރުވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން އައި ފިރިހެނެކެވެ. އޭނާ މަރުވެފައި ވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. މިއަދު މަރުވި މީހާގެ އުމުރު އަދި ވަނީ ޔަގީން ނުވެފަ އެވެ.
ކޮވިޑުގައި އިއްޔެވެސް ވަނީ މީހަކު މަރުވެފަ އެވެ. އެއީ ބ. އަތޮޅު ހޮސްޕިޓަލުގައި ގާއިމުކޮށްފައިވާ ޒޯން ބީ ރީޖަނަލް ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ ރ. ދުވާފަރުގެ އުމުރުން 91 އަހަރުގެ ދިވެހި އަންހެނެކެވެ.
މިއަދުގެ މަރާއެކު ރާއްޖެއިން ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 218 އަށް އަރާފައިވާއިރު، މިހާތަނަށް މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 201 ދިވެހީންނާއި 17 ބިދޭސީންނެވެ.
މި ބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު އެކަނި 13 މީހަކު ވަނީ މަރުވެފައެވެ.
ކޮވިޑުގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ކޮވިޑް 19
ކޮވިޑް 19
ކޮވިޑް 19