ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަންދިޔަ ފަތުރުވެރިއެއްގެ ދަބަހުން ވަޒަންތަކެއް ފެނިއްޖެ އެވެ.
ފުލުހުން ބުނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފުރަން ދިޔަ ފަތުރުވެރިއެއްގެ ދަބަހުން ވަޒަންތަކެއް ފެނިފައިވާ ކަމުގެ ރިޕޯޓު މިއަދު ހެނދުނު 9:52ގައި ހުށަހަޅާފައިވާ ކަމަށެވެ. އަދި މިކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
ހާއްސަ ހުއްދައިގެ ދަށުން ބޭރުގެ ބައެއް ގައުމުތަކުގައި އާންމުންނަށް ފިސްތޯލަ އަދި ވަޒަން ގެންގުޅުމުގެ ހުއްދަ ދީފައިވާ ނަމަވެސް މިފަދަ ތަކެތި ރާއްޖެ އެތެރެ ކުރުމަކީ މަނާ ކަމެކެވެ. އަދި ރާއްޖޭގައި އާންމު މީހަކު މިފަދަ ހަތިޔާރު ގެންގުޅުމަކީ ގާނޫނީ ގޮތުން ބޮޑު ކުށެކެވެ.
ފުލުހުން އިތުރަށް ބުނީ އެއީ ނެމީބިއާގެ އުމުރުން 60 އަހަރުގެ ފިރިހެނެއް ކަމަށެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް