މާލޭގެ ގެއަކަށް ވަދެ ފޭރުނު މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ ގަލޮޅުގަައި ހުންނަ ގެއަކަށް ރޭގެ ވަގުތެއްގައި ބަޔަކު ވަދެ ފޭރުނު މައްސަލައެއް ތަހުގީގުކުރަމުންދާ ކަމަށެވެ.

މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ފަހުން ހިއްސާކުރާނެ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެ މައްސަލައިގެ އިތުރު ތަފްސީލެއް އަދި މީހަކު ހައްޔަރުކުރި ކަމުގެ މައުލޫމާތެއް ވެސް ފުލުހުން ދީފައެއް ނުވެއެވެ.

އެނގިފައިވާ ގޮތުގައި މި މައްސަލައަކީ މޫނު ނިވާކޮށްގެން ތިބި ދެ މީހަކު ގެއަކަށް ވަދެ، ބިރު ދައްކައި ތިން ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް މައްސަލައެކެވެ.