ވިލިމާލޭގެ ކޮޓަރިއެއްގެ ތެރޭގައި ތިއްބާ ފުލުހުން އިއްޔެ ހައްޔަރުކުރި މަޝްހޫރު ތިން ފިލްމީ ތަރިން ހިމެނޭހެން ހަތަރު މީހެއްގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތު ފުލުހުން ކޮށްފިއެވެ.
އެ އޮޕަރޭޝަނުގައި އެމީހުން ތިބި ތަނަށް ފުލުހުން ވަތްއިރު މަސްތުވާތަކެތި ހުރީ މޭޒުމަތީގައި ހާމައަށެވެ. .ފުލުހުންގެ ޑްރަގް އެންފޯސްމަންޓުން ހިންގި އެ އޮޕަރޭޝަންގައި، ބާރުގެ ބޭނުންކޮށްގެން ކޮޓަރި ހުޅުވައި ހައްޔަރުކޮށްފައިވަނީ ފިލްމީ ދާއިރާގައި މަޝްހޫރު އަހުމަދު އަޒްމީލާއި، އިސްމާއިލް ޖުމައިހުގެ އިތުރުން މުހައްމަދު ވިޝާލް (ރޯމަން) އެވެ. މީގެއިތުރުން އަޒްމީލުގެ ކޮއްކޮ، ޝާހިލު މުހައްމަދުވެސް ހައްޔަރުކުރީ އެ ކޮޓަރީގެ ތެރެއިންނެވެ.
އެ މައްސަލައާ ގުޅިގެން މިއަދު ކުރިމިނަލް ކޯޓުގައި ބޭއްވި ބަންދު މަޖިލީހުގައި ފުލުހުން ބުނި ގޮތުގައި، އެ ކޮޓަރިން އަތުލައިގަތް މަސްތުވާތަކެތީގެ ވަގުތީ ބަރުދަން ޓްރެފިކިން މިންގަނޑަށް އަރައެވެ. އެހެންކަމުން އެ އެންމެންގެ މައްޗަށްވެސް ކުރަނީ މަސްތުވާތަކެތި ބޭނުންކޮށް، ގެންގުޅެ، އަދި އެތަކެތީގެ ވިޔަފާރިކޮށް ޓްރެފިކް ކުރުމުގެ ތުހުމަތު ފުލުހުން ވަނީ ކޮށްފައެވެ.
ކޯޓުން ވަނީ މި ހަތަރު މީހުންގެ ބަންދަށް ވެސް 15 ދުވަސް ޖަހައިދީފައެވެ
މި މައްސަލައިގައި ހިމެނޭ ޖުމައިހު ފިޔަވައި، އަނެއް ތިން މީހުންނަކީ މީގެ ކުރިންވެސް ކުށުގެ އެކި މައްސަލަތަކުގައި ހައްޔަރުކޮށް ބަންދުކުރި ރެކޯޑު އޮތް މީހުންނެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް