ޓިއުޝަން އަދި ގުރުއާން ކުލާސްތަކާއި ޑޭކެއާ ސެންޓަރުތައް ހުޅުވުމުގެ ހުއްދަ ދީފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ ޓިއުޝަން އަދި ގުރުއާން ކުލާސްތަކާއި ޑޭ ކެއާ ސެންޓަރުތައް ހުޅުވުމުގެ ހުއްދަ ދީފައިވާ ކަމަށެވެ. ނަމަވެސް މިތަންތަނުގައި މަސައްކަތް ކުރާ ފަރާތްތަކުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރަން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
މަބްރޫކު ވިދާޅުވީ ގުރުއާން ކުލާސްތަކާއި ޓިއުޝަން ސެންޓަރުތަކަށް ކިޔަވަން ދަނީ 18 އަހަރުން ދަށުގެ ކުޑަ ކުދިން ނަމަވެސް، އެ ކުދިންނަށް ވެކްސިން ޖެހޭނެ އިންތިޒާމެއް މިހާތަނަށް ރޭވިފައި ނެތް ކަމަށެވެ. އެހެންކަމުން އެތަންތަނުގައި ކިޔަވައި ދެއްވާ ޓީޗަރުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރުމުން ނޫނީ އެތަނެއް އޮޕަރޭޓް ކުރުމުގެ ހުއްދަ ނުދޭނެ ކަމަށް ވިދާޅުވި އެވެ.
އަދި ޑޭކެއާ ސެންޓަރުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންވެސް ވެކްސިން ފުރިހަމަކުރަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ. ވެކްސިން ފުރިހަމަ ކުރި ނަމަވެސް އެޗްޕީއޭ އިން ކަނޑައަޅާފައިވާ އުސޫލުތަކަށް އަމަލު ކުރަންޖެހޭނެ ކަމަށްވެސް މަބްރޫކު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު