ގއ. ދެއްވަދޫ ކައިރީގައި މަސްވެރިކަން ކުރަން އުޅުނު ދޯންޏެއް ކަނޑުތެރެއަށް ބިންދައިގެން ހިނގައްޖެއެވެ.
އެމްއެންޑީއެފުން ބުނީ "މޯހިރި" ނަމަކަށް ކިޔާ އެ ދޯނި ބިންދައިގެން ގޮސްފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުން ކަމަށެވެ. އަދި ހާދިސާ ހިނގި އިރު، އެ ދޯނީގައި 25 ފަޅުވެރިން ތިބި ކަމަށާއި އެއްވެސް މީހަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށްވެސް ބުންޏެވެ.
ދެއްވަދޫއާ 8.95 މޭލު ބޭރުން ދަތުރުކުރަމުން ދިޔަ އެ ދޯނި ބިންދައިގެން ދިޔަ ސަރަހައްދުގައި އެމްއެންޑީއެފް ކޯސްޓްގާޑުން މިހާރު ދަނީ ހަރަކާތްތެރި ވަމުންނެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި ބިންދައިގެން ދިޔަ ދޯންޏަކީ އައްޑޫއަށް ނިސްބަތްވާ ދޯންޏެކެވެ. އެންދަމަން އުޅުމުގެ ތެރޭގައި ދޯނި ބިންދައިގެން ދިއުމުން އެ ސަރަހައްދުގައި އެވަގުތު މަސްވެރިކަން ކުރަމުންދިޔަ ދޯނިތަކުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު