ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ބޭނުންކޮށް، އެތަކެތި ގެންގުޅެ، އެތަކެތީގެ ޓްރެފިކް ކުރުމުގެ ކުށުގެ މައްސަލައާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އެދުމުން، އަހުމަދު ޒަހުވާން ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލު ކޮށް އޭނާ ބަންދުގައި ބެހެއްޓުމަށް ހައިކޯޓުން އަމުރު ކޮށްފިއެވެ.
މި މައްސަލައަކީ ތ.މަޑިފުށި ޝިފާ އަހުމަދު ޒަހުވާންގެ މައްޗަށް ތުހުމަތުކޮށްފައިވާ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ބޭނުންކޮށް، އެތަކެތި ގެންގުޅެ، އެތަކެތީގެ ޓްރެފިކް ކުރުމުގެ ކުށުގެ މައްސަލައާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ދިވެހި ފުލުހުންގެ ހިދުމަތުން އެދުމުން ކްރިމިނަލް ކޯޓުން ނެރެފައިވާ ކޯޓު އަމުރެއްގެ މައްސަލައެވެ.
ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް އެދުމުން އަހުމަދު ޒަހުވާން ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.
ކުރިމިނަލް ކޯޓުން އޭނާ ދޫކޮށްލަން އަމުރުކުރި ސަބަބު ކަމުގައި ބުނެފައި ވަނީ، ބަންދުގައި 45 ދުވަސް އޭނާ ހޭދަކޮށްފައިވާއިރު، އޭނާ ދެން ބަންދުގައި އިތުރަށް ބެހެއްޓޭނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ކ) ގައި ބުނާ ފަދައިން، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް ކުރިކަމަށް ބެލެވޭނެ ހެކި، ގަރީނާ ލިބިގެން ކަމަށްވާތީ އާއި، މުއްދަތު މަޖިލީހަށް ހުށަހެޅުނު ހެކިތަކާއި، މައުލޫމާތުތަކުން އެ މައްސަލައިގެ ހެކި ލިބިފައިވަނީ ކުށް ކުރިކަމަށް ބެލެވޭނެ ކޮންމެވެސް މިންވަރެއްގެ ހެކި ކަމަށްވާތީ އާއި، މީހަކު ބަންދުގައި ބަހައްޓަން ނިންމާއިރު ޖަވާބު ލިބެން ޖެހޭ ދެ ސުވާލުގެ ތެރެއިން ފުރަތަމަ ސުވާލު ކަމަށްވާ، އެމީހާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށާ ގުޅުވައިލެވޭ ހެކި ލިބިފައިވުމާބެހޭގޮތުން އުފެދިފައިވާ ސުވާލާއި ދެވަނަ ސުވާލު ކަމަށްވާ، ބަންދުގައި ބަހައްޓަންޖެހޭ ހާލަތު އޮތްކަމާބެހޭގޮތުން އުފެދިފައިވާ ސުވާލުގެ ޖަވާބު ލިބިފައި ނުވާތީ ކަމަށެވެ.
ކުރިމިނަލް ކޯޓުގެ މި އަމުރާ ގުޅިގެން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރިއެވެ.
އެ މައްސަލަ ބަލެމަށްފަހު ހައިކޯޓުން ވަނީ، އޭނާ ދޫކޮށްލުމަށް ކުރިިނަލް ކޯޓުން ކުރި އަމުރު ބާތިލު ކޮށްފައެވެ. އަދި އެ އަމުރުގެ ދަށުން ބަންދު ކޮށްފައިވާ އަހްމަދު ޒަހުވާން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުގެ މަތީން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށް ހުކުމް ކުރާ ކަމަށްވެސް ހުކުމްގައި ވެއެވެ.
ހައިކޯޓު
ހައިކޯޓު
ހައިކޯޓު