ގއ. ވިލިނގިލީ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުންދިޔަ އުމުރުން ދުވަސްވީ މީހަކު މަރުވެ، ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު 212 އަށް އަރައިފިއެވެ.
ވިލިނގިލީގައި ހުންނަ ގއ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ޝަރީފް އަހުމަދު "ވަން" އަށް މިއަދު ވިދާޅުވީ ވިލިނގިލީގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ 81 އަހަރުގެ އަންހެނަކު ރޭ ފަތިހު 4:55 ގައި މަރުވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، އެ މީހާއަކީ އެރަށުން ކޮވިޑަށް ޕޮޒިޓިވްވެ، ހާލު ސީރިއަސްވެގެން މިދިޔަ މަހުގެ ތިން ވަނަ ދުވަހު އެ ފެސިލިޓީގައި ފަރުވާ ދެމުންދިޔަ މީހެއް ކަމަށެވެ.
ކޮވިޑުގައި ރާއްޖެއިން މިހާތަނަށް މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 195 ދިވެހީންނާއި 17 ބިދޭސީންނެވެ.
މި ބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު އެކަނި 13 މީހަކު ވަނީ މަރުވެފައެވެ.
ކޮވިޑުގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު