މާލޭގެ ޕާކިން މައްސަލައަށް ހައްލެއް ހޯދުމަށް އިތުރު 450 ޕާކިން ސްލޮޓް ކުއްޔަށް ދޫކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
މާލެ ސިޓީ މޭޔަރު، ޑރ. މުހައްމަދު މުއިއްޒު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ޕާކިން މައްސަލަ އަކީ މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށާއި އެކަން ހައްލު ކުރުމަށް 400 އަށްވުރެ ގިނަ ޕާކިން ސްލޮޓްތައް ކުއްޔަށް ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ. އެއީ ސައިކަލްތައް ޕާކު ކުރުމަށް 80 ޖާގަ އާއި، ކާރު ޕާކިން އަށް 320 ޖާގަ އާއި ޕިކަޕު ޕާކިން އަށް 50 ޖާގަ ކަމަށް ވިދާޅުވި އެވެ.
މާލެއަށް އެންމެ އަވަސް ހައްލެއް ބޭނުންވާ އެއް ކަމަކީ ޕާކިންގެ މައްސަލަތައް ކަމަށްވާތީ ކުއްޔަށް ދޫކުރުމަށް ނިންމާފައިވާ 450 ޕާކިން ސްލޮޓަށް ކުރިމަތިލުމަށް އަންނަ ހަފުތާގައި ހުޅުވާލާނެ ކަމަށް ވެސް ޑރ. މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
މީގެ ކުރިން މާލެއިން ޕާކިން ސްލޮޓްތައް ކުއްޔަށް ދޫކޮށްފައިވީ ނަމަވެސް ސައިކަލް ޕާކިން އަށް ސްލޮޓްތަކެއް ދޫކޮށްފައެއް ނުވެ އެވެ. އޭރު ޕާކިން ސްލޮޓެއް ކުއްޔަށް ދޫކުރަނީ މަހަކު 3000 ރުފިޔާ އަށެވެ. ނަމަވެސް މިހާރުގެ ކައުންސިލުން ވަނީ މިއަގު 750 ރުފިޔާ އަށް ކުޑަކޮށްފައެވެ.
ޕާކިން މައްސަލަތައް
ޕާކިން މައްސަލަތައް
ޕާކިން މައްސަލަތައް