މާލޭގައި ސަރުކާރުން ގާއިމުކުރުމަށް ހަމަޖެހިފައިވާ ޕާކިން އިމާރާތްތަކުން ހިދުމަތް ދޭނީ ރައްޔިތުންނަށް އުފުލޭ ފަދަ ލުއި އަގުތަކެއްގައިކަމަށް އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ މާލޭގެ ޕާކިން މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން ހީނާމާގެ އަދި ސޯސަންގޭ ޕާކިން ޒޯނުގައި ހާއްސަ އިމާރާތްތަކެއް އެޅުމުގެ މަސައްކަތް އަންނަ ހަފުތާގެ ތެރޭގައި ކޮންޓްރެކްޓަރަކާ ހަވާލުކުރާނެ ކަމަށެވެ.
ސައީދު ވިދާޅުވީ އެ މަޝްރޫއުތައް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިންމުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިރުޝާދު ދެއްވާފައި ކަމަށެވެ.
މި އިމާރާތްތަކަކީ އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްގެން ހަދާ ތަންތަން ކަމުގައި ވީނަމަވެސް، ޕާކުކުރުމުގެ އަގުތައް ކަނޑައެޅުމުގެ ފުރިހަމަ ބާރު އޮންނާނީ ސަރުކާރަށްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މި ތަންތަނުގައި ގާއިމުކުރެވޭ ޕާކިންއަކީ ސަރުކާރުން އާންމު ރައްޔިތުންނަށް އުފުލޭވަރުގެ މި ދަށް ފީތަކެއް. މާނައަކީ ނޫފުލޭވަރުގެ މި ބުރައެއް ނުޖެހި، މި ބޮޑު ފީއެއް ނެތި މިހެން. މި ދަންނަވަނީ ޕްރައިވެޓް ފަރާތްތަކަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާތީ ހިތްޕުޅަށް ފަހަރެއްގައި އަރާފާނެ އެ ބޭފުޅުން މި ބޭނުންފުޅު އަގެއްގައޭ ޕާކިންގެ އަގުތައް ދޭނެ. ނޫން، އެހެނެއް ނޫން. ސަރުކާރުންނޭ މި އަގުތައް އަޅުގަނޑުމެން ފުރަތަމަ މި ދޭ ޕާކިން ބިލްޑިން ކަނޑައަޅާނީ އިނގޭތޯ. މާނައަކީ އެފޯޑަބަލް ވާނެ" ސައީދު ވިދާޅުވިއެވެ.
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
އިކޮނޮމިކް އަދި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު ސައީދު
ކޮމެންޓް