އެއްރަށުން އަނެއް ރަށަށް ދަތުރު ކުރުމުގެ ހުއްދަ ދިނުމަށް ނިންމައިފިއެވެ.
ކޮވިޑްގެ ކޭސްތައް އިތުރުވުމާ ގުޅިގެން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން މެދުކަނޑާލަން ނިންމީ މިދިޔަ މަހުގެ ކުރީކޮޅުގައެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ، މިހާރު ދޭން ނިންމާފައިވާ ލުއިތަކާއެކު އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގައި މިހާރު ކައުންސިލްތަކާ ގުޅިގެން ކުރިއެކޭ ވެސް އެއްފަދައިން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުޅުވާލުމަށް ނިންމާފައިވާ ކަމަށެވެ.
އެއް ރަށުން އަނެއް ރަަށަށް ދަތުރުކުރަން ހުއްދަ ދިން ނަމަވެސް މޮނީޓަރިންގައި ހުންނަ ރަށްތަކަށް އަރާ ފޭބުން އަދިވެސް މަނާވާނެ ކަމަށާއި ގެސްޓްހައުސް ހުންނަ ރަށަކުން ގެސްޓްހައުސް ނުހުންނަ ރަށަކަށް ދަތުރުކުރާނަމަ އެ އޮންނަ ހިފެހެއްޓުން އަދިވެސް އޮންނާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ރާއްޖޭގެ 57 ރަށެއް މިވަގުތު މޮނީޓަރިންގެ ހާލަތުގައި އެބައޮތެވެ.
ކޮވިޑް ކޮންޓްރޯލް ކުރަން އެޅި ފިޔަވަޅުތަކާ ކޮވިޑް ކޭސްތައް ފެންނަ ނިސްބަތް ވަނީ ބޮޑުތަނުން މަދުވެފައެވެ. އެގޮތުން މިއަދު ރާއްޖެއިން ޕޮޒިޓިވްވީ 145 މީހުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު