މާލެ ސަރަހައްދުގެ ޖިމްތައް ފަތިހު 5:00 އިން ހަވީރު 6:00 އަށް ޖިމްތައް ހުޅުވަން ހުއްދަދީފި އެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ، ކޮވިޑުގެ އަދަދުތައް ދަށަށް ދަމުން އަންނާތީ ބައެއް ލުއިތައް ދޭން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ކާފިއުގެ ވަގުތު ހަވީރު 6:00 އިން ފަތިހު 4:00 އަކަށް ކުޑަކޮށްފައިވާ ކަމަށާއި، ޖިމްތައް ހުޅުވުމުގެ ހުއްދަ ދޭން ނިންމާފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
"ޖިމްތައް ހުޅުވުމުގެ ހުއްދަ ދޭން ނިންމާފައި މިވަނީ ފަތިހު 5:00 އިން ހަވީރު 6:00 އަކަށް" މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް ވިދާޅުވީ، ޖިމްތައް ހުޅުވުމުގައި ހުއްދަތައް ދޭނީ އެ ޖިމަކުން ސާވިސް ޕްލޭނެއް ތައްޔާރުކޮށް ހުށަހެޅުމުން އެޗްޕީއޭއިން އެތަން މޮނީޓާކުރުމަށް ފަހު އެޗްޕީއޭގެ ގައިޑްލައިންތަކަށް ފެތޭ ނަމަ ކަމަށެވެ.
މަބްރޫކް އިތުރަށް ވިދާޅުވީ ޖިމްތަކުގެ ހިދުމަތް ދޭންވާނީ އެޕޮއިންޓްމަންޓް އުސޫލުން ކަމަށެވެ.
ޖިމްތައް ހުޅުވުމުގެ ހުއްދަ ދީފައިވާއިރު ފަތިހު 4:00 އިން ހެނދުނު 8:00 އަކަށް އެކަނި ކުރާ ކަސްރަތުތައް ކުރުމުގެ ހުއްދަ ވަނީ ދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު