މަރާލާފައި އޮތް ކުއްޖެއްގެ ހަށިގަނޑު ހުޅުމާލޭ ފޭސް2ގެ މޫދުން ފެނިއްޖެ އެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އުމުރުން 13 އަހަރުގެ އެ ކުއްޖާގެ ހަށިގަނޑު ފޭސް2 ގެ މޫދުން ރޭ ދަންވަރު 2:30 ހާއިރު ފެނުނުއިރު، އޮތީ ފޮއްޓަކަށް ލާފަ އެވެ. އެއީ ފިރިހެން ކުއްޖެކެވެ.
ފުލުހުން އެ ކުއްޖާގެ ހަށިގަނޑު މިހާރު އައިޖީއެމްއެޗަށް ގެންގޮސްފައިވާކަން "ވަން" އަށް ވަނީ ކަށަވަރުވެފަ އެވެ.
މިކަމާ ގުޅޭގޮގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބަޔަކު 13 އަހަރުގެ ފިރިހެން ކުއްޖަކު ރަހީނުކޮށްފައިވާ ކަމަށް ބެލެވޭ މައްސަލައެއް މިދިޔަ އާދީއްތަ ދުވަހު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.
އޮފިޝަލް ވިދާޅުވީ އެ މައްސަލައާ ގުޅިގެން އެ ކުއްޖާ ހޯދުމަށް ކުރެވުނު މަސައްކަތުން އެ ކުއްޖާ މަރާލާފައި އޮއްވައި ރޭ 2:38 ހާއިރު ފެނިފައިވާ ކަމަށެވެ.
އެ މައްސަލައިގެ ތުހުމަތުގައި 17 އަހަރުގެ ފިރިހެން ކުއްޖަކާއި 27 އަހަރުގެ ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު