ހިޔާ މަޝްރޫއުން ފްލެޓް ލިބުނު ފަރާތްތަކަށް އެއްބަސްވުން ވަކި ވަކިން ފޮނުވުމަށް ދަތި ވެ، އެ އެއްބަސްވުމުގެ ޑްރާފްޓެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ވެބްސައިޓުގައި އާންމުކޮށްފި އެވެ.

އެޗްޑީސީން ބުނީ ހިޔާ މަޝްރޫއަކީ ނިސްބަތުން ބޮޑު މަޝްރޫއަކަށް ވެފައި އެންމެންނަށް ފަސޭހައިން އެއްބަސްވުން ފެންނާނީ އާއްމުކުރުމުން ކަމަށެވެ.

އެހެން ކަމުން އެެއްބަސްވުމުގެ ޑްރާފްޓެއް މިހާރު އެ ކޯޕަރޭޝަނުގެ ވެބްސައިޓުގައި އާންމު ކޮށްފައިވާ ކަމަށްވެސް ބުންޏެވެ. އެކަމަކު އެ ޑްރާފްޓަށް ބަދަލު އައުމަކީ އެކަށީގެން ވާ ކަމެއް ކަމަށާއި ބަދަލެއް ގެންނަ ނަމަ އެކަންވެސް ވެބްސައިޓުގައި އާންމު ކުރާނެ ކަމަށް އެޗްޑީސީން ވަނީ ދީފަ އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އިމާރާތް ކުރި ހިޔާ ފްލެޓްތައް ލިބުނު މީހުންނާއި ލިޔުން ހަވާލު ކޮށްފައިވާއިރު އެއްބަސްވުމުގައި ސޮއިކޮށް ފްލެޓް ހަވާލު ކުރުމުގެ އެންމެ ފަހުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށާއި އަންނަ މަސް ތެރޭގައި ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކޮށް ހަވާލު ކުރަން ނިންމާފައިވާ ކަމަށްވެސް އެޗްޑީސީން ވަނީ ބުނެފަ އެވެ.