ޔޫރޯ 2020 ގެ ގްރޫޕް އޭގެ ފަހު ދެމެޗު މިރޭ އޮންނާނެއެވެ. ގްރޫޕްގައި ހިމެނޭ ޓީމު ތަކަށް މިރޭގެ ނަތީޖާތަކުން ވާނެ ގޮތެއް ހޯދުމަކީ އެތައް ބަޔަކުން ޖަހަމުންދާނެ ހިސާބެކެވެ. އެ ހިސާބު ފަސޭހަ ކޮށްލަމާ ހިނގާށެވެ. މި ފާހަގަކޮށްލެވޭ ގޮތްތަކަކީ ކޮންމެ ޓީމަކަށްވެސް ގްރޫޕުން ގަދަ 16 އަށް އޮތް މަގުތަކެވެ.
- މިރޭގެ މެޗުތައް
21:00 އިޓަލީ - ވޭލްސް
21:00 ތުރުކީ - ސްވިޒަލޭންޑް
މިރޭގެ ދެމެޗު އޮންނާނީ އެއް ގަޑިއެއްގައެވެ. އެކަން އެގޮތަށް އޮންނަނީ މެޗުތަކުގެ ނަތީޖާ ނުކުންނަ ގޮތަކުން މެޗު ވިއްކާލުން، ނުވަތަ ޓީމަކުން މެޗެއް ދޫކޮށްލުމަށް ފުރުސަތު ނުދިނުމަށެވެ. އެއީ ފީފާގެ އިހްތިސާސުގައި ހިނގާ ބޮޑެތި ހުރިހާ މުބާރާތެއްގައިވެސް ކަން ހިނގާ ގޮތެވެ.
- ގްރޫޕުގެ ނަތީޖާތަކުން އޮތް ފުރުސަތު
- އިޓަލީ ކުޅޭ މެޗުން ބަލި ނުވެއްޖެ ނަމަ، އެޓީމަށް ގްރޫޕް އެއްވަނަ ޔަގީންވާނެ
- ވޭލްސްއިން އިޓަލީއާ އެއްވަރުކޮށްގެންވެސް ޔަގީން ދެ ޖާގައިގައި ގަދަ 16 އަށް ދެވޭނެ. އެކަމަކު އެއީ ސްވިޒަލޭންޑަށް ތުރުކީ ބަލި ނުކުރެވިއްޖެ ނަމަ.
- ވޭލްސް ބަލިވެ، ސްވިޒަލޭންޑް މޮޅުވެއްޖެ ނަމަ، ސްވިޒަލޭންޑަށް ގަދަ 16 ޔަގީން ކުރެވޭނެ.
- ސްވިޒަލޭންޑް ބަލިވެއްޖެ ނަމަ ޔަގީން ދެ ޖާގައިން ފުރުސަތު ގެއްލޭނެ
- ތުރުކީއަށް މިހާރު ޔަގީން ދެ ޖާގައަށް ފުރުސަތެއް ނެތް. ތިންވަނައަށް އަރަން ސްވިޒަލޭންޑް ބަލިކުރަން ޖެހޭ
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު