ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނުން ޕްރިމިއާ ލީގުގެ އެންމެ ފަހު ޖާގަ، ގދ. ގައްދޫން ހޯދައިފިއެވެ.
އިއްޔެ ގަންދޫން ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު 1-0 އިން ކާމިޔާބުކުރި އިރު، އެމެޗު މަޖުބޫރުވެފައި އޮތީ ގައްދުއަށެވެ. އެއީ އޭގެ ކުރިން ހއ. ދިއްދުއާއި މާލޭ ރީޖަންގެ ޗެމްޕިއަން ބިސް ބުރު ސްޕޯޓްސް ކްލަބަށްވެސް ޕްރިމިއާ ލީގު ޔަގީންވެ، ޓީސީއަށް އަނެއްކާވެސް ލީގުގައި ދެމި އޮވެވޭނެކަން ޔަގީންވެފައި އޮތުމުންނެވެ.
ޓީސީ އަތުން މޮޅުވެ، ގައްދޫން ޕްރިމިއާ ލީގުގެ ޖާގައެއް ހޯދުމާ އެކު، ސެންޓަރަލް ރީޖަން ލީގުގެ ޗެމްޕިއަން ކ. ހުރާ އާއި 2017 އިން ފެށިގެން ދިވެހި ޕްރިމިއާ ލީގުގައި ކުޅެމުން އަންނަ ކްލަބް ގްރީން ސްޓްރީޓްސްއަށް ވަނީ އަންނަ ސީޒަނުގެ ފުރަތަމަ ޑިވިޝަނުން ފުރުސަތު ގެއްލިފައެވެ. އޭގެ ތެރެއިން ރެލިގޭޓްވީ ގްރީނެވެ.
ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަނުގެ އެއް ވަނައިގައި ބިސް ބުރު އޮތީ ހަތަރު މެޗުން 10 ޕޮއިންޓާ އެކުގައެވެ. ދެ ވަނައިގައި އޮތް ޓީސީއާއި ތިން ވަނައިގައި އޮތް ދިއްދުއަށް ހަތަރު މެޗުން ހަތް ޕޮއިންޓް ލިބިފައިވާ އިރު، ހަތަރެއްގައި އޮތް ގައްދުއަށް ހަތަރު މެޗުން ވަނީ ހަ ޕޮއިންޓް ލިބިފައެވެ.
ފަސް ވަނައިގައި ގްރީން ސްޓްރީޓްސް އޮތީ ހަތަރު މެޗުން ދެ ޕޮއިންޓް ހޯދައިގެންނެވެ. އަދި، ހުރާ އެންމެ ފުލުގައި އޮތީ ހަތަރު މެޗުން އެއް ޕޮއިންޓާ އެކުގައެވެ.
ކޮންމެ ޓީމަކަށް ބާކީ އެއް މެޗު އޮއްވައި، ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަނުގެ ގަދަ ހަތަރެއް ޔަގީންވެފައި އޮތުމާއެކު ފަހު ބުރުގެ ފޯރިވަނީ ކެނޑިފައެވެ.
އިއްޔެ ގައުމީ ދަނޑުގައި ކުޅުނު ކޮލިފިކޭޝަން މެޗުގައި ޓީސީ ކޮޅަށް ގައްދޫގެ ގޯލް ޖެހީ ޑޮނާލިއޯ މެލާޝިއޯ ޑުއާންލާއެވެ. އެއީ މެޗުގެ 76 ވަނަ މިނިޓްގައި އޭނާ ކާމިޔާބުކުރި ގޯލެކެވެ.
ރާއްޖޭގެ ފުޓުބޯޅަ ފޯމެޓް އަތޮޅު ތެރެއަށް ހުޅުވާލާ، އަނެއްކާވެސް އަލުން ބަދަލުކުރަން އެފްއޭއެމްއިން އަމާޒު ހިފާފައިވާ އިރު، އަތޮޅު ތެރޭގެ ދެ ރަށެއް އަނެއްކާވެސް އަންނަ ސީޒަނުގެ ފުރަތަމަ ޑިވިޝަނުން ފެންނާނެއެވެ. އެއީ ދިއްދުއާއި ގައްދުއެވެ. މީގެ ކުރިންވެސް އެ ފޯމެޓަށް ރާއްޖޭގެ ލީގު ބައްޓަން ކުރަން މަސައްކަތް ކުރި ނަމަވެސް، އެންމެ އެދެވޭ ގޮތެއްގައި އެކަން ދެމެހެއްޓިފައެއް ނުވެއެވެ.
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ދިވެހި ޕްރިމިއާ ލީގު
ކޮމެންޓް