މަހަކު 16 މީހުންގެ ރޭޓުން ޝަރީއަތް ނިމެންދެން ބަންދަށް ލައި ކަމަށް ޕީޖީ ހުސެއިން ޝަމީމު ވިދާޅުވެއްޖެއެވެ.
ޕީޖީ އޮފީހުން މިއަދު ހެނދުނު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ޝަމީމު ވިދާޅުވީ، ޝަރީއަތް ނިމެންދެން ބަންދުކުރުން ނުވަތަ ވާނުވާ ޖެހުމަށް ހައްލެއް ހޯދުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށާއި ނަމަވެސް އެކަން ހައްލުވެފައިނުވާ ކަމަށެވެ.
ނަމަވެސް އެކަމަށް ބައެއް ކުރިއެރުންތައް އައިސްފައިވާކަން ފާހަގަކުރައްވައި ޝަމީމު ވިދާޅުވީ، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތަކުގައި ހައްޔަރު ކުރާ މީހުން ހާއްސަ އިސްކަމެއް ދީގެން ވަކި ކޮޅެއްގައި ޖެހެންދެން ބަލަހައްޓަމުންދާ ކަމަށެވެ.
ޝަރީއަތް ނިމެންދެން މީހުން ބަންދުކޮށްފައި ބެހެއްޓުން އިސްލާހު ކުރުމަށް ގާނޫނަށް ބަދަލު ގެނެސް ސިޔާސަތުތައް އިސްލާހު ކުރުމުންވެސް ހައްލުވެފައިނުވާކަން ފާހަގަކުރައްވައި ޝަމީމު ވިދާޅުވީ، އެންމެ ބޭނުންވާ ގޮތަށް އަދިވެސް އެކަންތައްތައް ނުހިނގާ ކަމަށެވެ.
"މަހަކު އެވަރެޖުކޮށް 16 މީހުން ޝަރީއަތް ނިމެންދެން ބަންދަށް އެބަލާ. އޭގެ މާނައަކީ މަހަކު 16 މައްސަލަ ކްރިމިނަލް ކޯޓުން ނިމިގެން ނޫނިއްޔަކާ މިއެއް ނުއެއް ނިމޭނެއޭ،" ޕީޖީ ޝަމީމު ވިދާޅުވިއެވެ.
އެކަން ހައްލު ކުރުމަށް ކުރާ މަސައްކަތް ފަސްޖެހުމެއް ނެތި ހުއްޓާ ނުލައި ކުރިއަށް ގެންދާނެކަން ފާހަގަކޮށް ޝަމީމު ވިދާޅުވީ، އެ ނަންބަރު މިހާރު އެނގިއްޖެ ކަމަށާއި ދެން އޮތީ ނަންބަރާއި ދިމާލަށް ވާސިލުވެވޭނެ ގޮތެއް ހޯދުން ކަމަށެވެ. އެކަމުގައި އަދި ކާމިޔާބު ނުލިބި ފެއިލްވެފައިވާކަން ޝަމީމު ފާހަގަކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު