ރާއްޖޭގައި ދިރިއުޅޭ މިދޭސީންގެ މައްސަލަ އޮތީ ވަރަށް ނުރައްކާތެރި ހިސާބެއްގައި ކަމަށާއި، ބިދޭސީން ނިކުމެ ދިވެހި ސިފައިންނާއި ފުލުހުންނާ ކުރިމަތިލާން މާކަގިނަ ދުވަހެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ރައީސް އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
އުއްތަމަ ފަނޑިޔާރަށް ދެމުން އަންނަ ހިމާޔަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާކޮށް، އެމަނިކުފާނު ދިރިއުޅުމަށްޓަކައި ހާއްސަ ކުރެވޭ ރަސްމީ ގެކޮޅެއް ހަމަ ޖެއްސުމަށް ގާނޫނުން ކަނޑައެެޅުމައްޓަކައި ހުށަހެޅި، ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން އލީ އާޒިމް ވިދާޅުވީ، ސަލާމަތާއި ރައްކާތެރިކަމުގެ ވާހަކަ ދައްކާއިރު ކުރިއަށް އޮތްތަނުގައި މިހާރަށްވުރެ މާ ބިރުވެރި އަދި މާ ބޮޑު ކަމެއް ރާއްޖެއަށް ކުރިމަތިވެދާނެ ކަމަށެވެ.
އެއީ ރާއްޖެއަށް ދުިމާވެފައިވާ ބިދޭސީންގެ މައްސަލަ ކަމަށާއި އެއީ ކުޑަ ކަމެއް ނޫން ކަމަށް އަލީ އާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ޓެރަރިޒަމްގެ އަމަލުތައް ހިންގުމަށް އެކިއެކި ގޮތް ގޮތުން އެހީތެރިވާ އެތައް ބިދޭސީންނެއް ރާއްޖޭގައި އެބަ އުޅޭ ކަމަށެވެ. އެކަންތައްތަކަށް ފިޔަވަޅުތަކެއް ނޭޅިއްޖެ ނަަމަ މާ ނުބައި ކަންތައްތަކަކާ ކުރިމަލާން ޖެހޭނެ ކަމަށެވެ.
ކ. ތިލަފުއްޓަކީ ބިޮދޭސީންގެ ކިއްލާއެއް ކަން ފާހަގަ ކުރައްވައި، އަލީ އާޒިމް ވިދާޅުވީ، އެތާ ވެރިކަން ކުރަނީ ބިދޭސީން ކަމަށެވެ. އެމީހުން ގޭންގު ހަދައިގެން އެތަނުގައި ވެރިކަން ކޮށް، ނޭދެވޭ އެތައް ކަމެއް ހިންގާ ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް ގާނޫނު ތަންފީޒު ކުރަން ތިބޭ ފަރާތްތަކުން އެތަނަށް ގޮސްް އެކަންތައްތައް ބަލާތަން ނުފެންނަ ކަމަށްވެސް ވިދާޅުވިއެވެ.
އަލީ އާޒިމް ވިދާޅުވީ، އެތަނުގައި އެތައް ޖަރީމާތަކެއް ހިންގައި ގަވައިދާ ހިލާފު އެތައް ކަމެއް އެތަނުގައި ހިންގާ ކަމަށެވެ.ގަވާއިދާ ހިލާފަށް އުޅޭ ބީދޭސީންނާއިގެން އެތަން ފުރިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
އެއީ ފުންކޮށް ވިސްނަން ޖެހޭ ކަމެއް ކަމަށައި، ރާއްޖެއަކީ ނާޒުކު އިގްތިސޯދެއް އޮންނަ ނަތަކަށް ވެފައި، ނުރައްކާތެރި ހާދިސާއެއް ހިނގައިފި ނަަމަ ރާއްޖެ ބަނޑަށް ޖެހުމުގެ ބިރު އެބަ އޮތް ކަމަށްވެސް ވިދާޅުވިއެވެ.
އަލީ އާޒިމް ވިދާޅުވީ، މުޅި ރާއްޖޭގައި ހިނގާ ބިދޭސީންގެ ކަންކަންކަން ހުއްޓުވަން ޖެހޭ ކަމަށެވެ.
މަޖިލިސް މެންބަރު އަލީ އާޒިމް
މަޖިލިސް މެންބަރު އަލީ އާޒިމް
މަޖިލިސް މެންބަރު އަލީ އާޒިމް
މަޖިލިސް މެންބަރު އަލީ އާޒިމް