އެމްޑީޕީގެ އެތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކާ ގުޅިގެން މިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް، އެ ޕާޓީން ވަކިވެ، ކުރީގެ ރައީސް ނަޝީދާއެކު އާ ޕާޓީއެއްގެ ގޮތުގައި ޑިމޮކްރެޓްސް އުފެއްދެވި، ބައެއް އިސް ބޭފުޅުން އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފިއެވެ.
އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެސްޓީއޯގެ އެމްޑީގެ މަގާމުގައި ހުންނެވި، އަދި އެންމެ ފަހުން އޮތް ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްގެ ރަނިން މޭޓުގެ ގޮތުން ވާދަކުރެއްވި، ހުސެން އަމްރު އާއި ރައީސް އޮފީހުގެ މިނިސްޓަރެއްގެ ގޮތުގައި ހުންނެވި އެމްޑީޕީގެ އޭރުގެ ނާއިބު ރައީސް މުހައްމަދު ޝިފާޒު އާއި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމެވެ.
އެ ތިން ބޭފުޅުން ޑިމޮކްރެޓްސް އިން ވަކިވެ، އެމްޑީޕީއާ ގުޅިވަޑައިގެންކަން އެމްޑީޕީގެ ބައެއް އިސް ބޭފުޅުން މިއަދު ވަނީ ވަންއަށް ކަށަވަރުކޮށްދެއްވައިފައެވެ.
އަމްރު އާއި ޝިފާޒު އަދި އާޒިމަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އެމްޑީޕީ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކާ އުފެދުނު ދެ ފެކްޝަންގެ ތެރެއިން ރައީސް ނަޝީދުގެ ފެކްޝަންގެ ބޭފުޅުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު