ކޮވިޑު ޖެހިގެން ފަރުވާދެމުންދިޔަ އުމުރުން 100 އަހަރުގެ މީހަކު މަރު ވެ، ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު 187 އަށް އަރައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ހެނދުނު 9:33 ގައި ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުންގެންދި ދިވެހި ފިރިހެނަކު މަރުވެފައިވާ ކަމަށެވެ. އެމީހާ އަކި އުމުރުން 100 އަހަރުގެ މީހެކެވެ.
މިއީ މިހާތަނަށް ރާއްޖެއިން މި ބަލީގައި މަރުވި އެންމެ ދުވަސްވީ މީހާ އެވެ.
މި މަރާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު ވަނީ 187އަކަށް އަރައިފައެވެ. އެއީ 172 ދިވެހިންނާއި 15 ބިދޭސީންނެވެ.
ރާއްޖޭގައި ކޮވިޑު ޖެހިގެން އެންމެ ގިނަ މީހުން މަރުވީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު ބަލީގައި 13 މީހަކު މަރުވިއެވެ.
ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ޚަބަރު
ޚަބަރު