ޗައިނާގެ ކޮންމެ އާއިލާއަކުން އެންމެ ގިނަވެގެން ތިން ކުދިން ހޯދުމުގެ ހުއްދަ ދީފިއެވެ.
ޗައިނާގެ އާބާދީ މަދުކުރުމުގެ ގޮތުން މީގެ ކުރިން އެގައުމުގެ ސަރުކާރުން ފާއިތުވި 40 އަހަރު ވަންދެން ކޮންމެ އާއިލާއަކަށް އެންމެ ކުއްޖެއް ހޯދުމުގެ ގަވާއިދެއް ކަނޑައަޅާފައި އޮތް އޮތުން 2016 ވަނަ އަހަރާ ހަމައަށް ވަނީ ދަމަހައްޓާފައެވެ.
ޗައިނާގެ މުސްކުޅިވާ މީހުންގެ އާބާދީ ބޮޑު ވެ، އިގުތިސޯދަށް އަސަރު ކުރުމުގެ ސަބަބުންނާއި މިހަރުކަށި އުސޫލާ ގުޅޭ ގޮތުން ދުނިޔޭގެ ފާޑުކިޔުންތައް އަމާޒުވުމުގެ ސަބަބުން އެ ގަވާއިދު ފަހުން ވަނީ ބަދަލުކޮށް، ކޮންމެ އާއިލާއަކަށް ގިނަވެގެން ދެ ކުދިން ހޯދުމުގެ ހުއްދަ ދީފައެވެ.
ނަމަވެސް ޗައިނާގައި ވިހާ ރޭޓު ވަނީ ދަށް ވަމުން އައިސްފައެވެ. 2020 ވަނަ އަހަރު އެގައުމުގެ އެންމެ ފަހުގެ ބޯހިމެނުމުގެ ހިސާބުތަކުން ދައްކާގޮތުގައި ވިހާ ރޭޓު ވަނީ 12 މިލިއަނަށް ދަށަށް ގޮސްފައެވެ.
އެގައުމުގެ ނެޝަނަލް ސްޓެޓިސްޓިކްސް އިން ހިއްސާ ކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ޗައިނާގެ އާބާދީގެ ދަރިމައިވުމުގެ ރޭޓު އުޅެނީ 1.3 ގަ އެވެ. މިއީ ދެމެހެއްޓެނިވި އާބާދީއަކަށް ބޭނުން ވާ އަދަދަށްވުރެ ދަށް ރޭންޖެއް ކަމުގައި ފާހަގަކޮށްފައި ވެއެވެ.
ކޮންމެ 10 އަހަރަކުން އެއް ފަހަރު ޗައިނާގައި ނެގޭ ބޯހިމެނުމުގެ އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު 1960 ވަނަ އަހަރުގެ ފަހުން އެގައުމުގެ އާބާދީ އެންމެ ބޮޑަށް ދަށްވެފައިވަނީ 2020 ވަނަ އަހަރުގައި 1.41 ބިލިއަނު މީހުންގެ އާބާދީއާއެކުގައެވެ.
ޗައިނާގެ އާބާދީ ދަށްކުރުމުގެ ސިޔާސަތުގެ ދަށުން އެގައުމުގައި މިހާތަނަށް ދަމަހައްޓާފައިވާ ކޮންމެ އާއިލާއަކަށް އެއް ކުއްޖެއް ހޯދުމުގެ އުސޫލުގެ ސަބަބުން ވަނީ ނޭދެވޭ އަސަރުތަކެއްވެސް ކޮށްފައެވެ.
ވަޒީފާގެ މާހައުލުގައި ޒުވާނުން މަދުވުމާއި އެގައުމުގައި ފިރިހެން ކުދީންނަށް އިސްކަން ދޭ ސަގާފަތުގެ ބޮޑުކަމުން، އާބާދީގައި އަންހެނުން މަދުވެ ފިރިހެނުން ގިނަވެގެން ދިއުން ފަދަ އެތައް ކަމެއްވެސް ވަނީ ފާހަގަކުރެވިފައެވެ.
ޗައިނާ
ޗައިނާ
ޗައިނާ
ޗައިނާ