ކޮވިޑަށް ފަރުވާ ހޯދަމުން އައި އިތުރު މީހަކު އަނެއްކާވެސް މަރުވެ ރާއްޖޭގެ ޖުމުލަ އަދަދު 165 އަށް އަރައިފި އެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި މަރުވެފައި ވަނީ ހުޅުމާލޭ ކޮވިޑު ފެސިލިޓީގައި ފަރުވާ ދެމުން އައި އުމުރުން 50 އަހަރުގެ ފިރިހެނެކެވެ. އޭނާ މަރުވެފައި ވަނީ ފަތިހު 5:45 އެހައި އިރު އެވެ.
ބ. އަތޮޅު ހޮސްޕިޓަލުގައި ގާއިމު ކޮށްފައި ހުންނަ ޒޯން B ރީޖަނަލް ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރިވާ ހޯދަމުން އައި މީހަކުވެސް ރޭ ފަތިހު ވަނީ މަރުވެފަ އެވެ.
އޭދަފުށީ ހޮސްޕިޓަލުން ބުނެފައިވާ ގޮތުގައި މަރުވެފައި ވަނީ އެ ފެސިލިޓީގައި ފަރުވާ ދެމުން އައި ރ. ހުޅުދުއްފާރު، 87 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ މަރުވެފައި ވަނީ ރޭ ފަތިހު 04:40 ގައެވެ.
ހުޅުމާލޭ ފެސިލިޓީގައި ރޭ 12:00އިގެ އިތުރު ފަހުން ދެ މީހަކު މަރުވެފައި ވާއިރު، އޭގެ ތެރެއިން ފުރަތަމަ މީހާ މަރުވެފައި ވަނީ 04:00 ގެ ކުރީންނެވެ. އެއީ 70 އަހަރުގެ ދިވެހި ފިރިހެނެކެވެ. ހުޅުމާލޭ ފެސިލިޓީގައި ދެވަނަ ދެން މަރުވެފައި ވަނީ 59 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ މަރުވީ ހެނދުނު 06:00 ޖަހައި ބޮޑުވީ ފަހުންނެވެ.
ރާއްޖޭގައި ކޮވިޑު ޖެހިގެން އެންމެ ގިނަ މީހުން މަރުވީ މިމަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު މި ބަލީގައި 13 މީހަކު މަރުވެފައިވެ އެވެ.
ކޮވިޑުގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ކޮވިޑުގެ ހަތަރު ވަނަ ރާޅެއް ރާއްޖެއަށް އަރާފައިވާ އިރު، ދުވާލެއްގެ މައްޗަށް ބަލި ޖެހޭ މީހުންގެ އަދަދު 1000 އިން މަތީގައި ހުރުމަށްފަހު މިހާރު މި އަދަދު ވަނީ މަޑު މަޑުން ދަށަށް ދާން ފަށައިފި އެވެ.
އެއްވެސް ކޮންޓްރޯލެއް ނެތި ކޮވިޑު ފެތުރެމުން ދިޔުމާއި ގުޅިގެން ސަރުކާރުން ވަނީ ހަރުކަށި ފިޔަވަޅުތަކެއް މުޅި ރާއްޖޭގައި ވެސް އަޅައިފަ އެވެ.
ކޮވިޑް 19
ކޮވިޑް 19
ކޮވިޑް 19