ކޮވިޑް ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެ، ބަލީގައި މަރުވި މީހުންގެ ޖުމުލަ 160 އަށް އަރައިފިއެވެ.
"ވަން"އަށް އެނގިފައިވާ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް 11ގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އުމުރުން 62 އަހަރުގެ ދިވެހި ފިރިހެނެއް މިއަދު ހަވީރު ވަނީ މަރުވެފައެވެ.
މި މަރާއެކު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު 160 އަށް ވަނީ އަރައިފައެވެ. ރާއްޖޭގައި ކޮވިޑު ޖެހިގެން އެންމެ ގިނަ މީހުން މަރުވީ މިމަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު ބަލީގައި 13 މީހަކު މަރުވިއެވެ.
ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ކޮވިޑުގެ ހަތަރު ވަނަ ރާޅެއް ރާއްޖެއިން ކުރިމަތިވެފައިވާ އިރު، ދުވާލެއްގެ މައްޗަށް ބަލި ޖެހޭ މީހުންގެ އަދަދު 1000 އިން މަތީގައި ހުރުމަށްފަހު އިއްޔެ ވަނީ މި އަދަދު 1000 އިން ދަށަށް ގޮސްފައެވެ. އިއްޔެ ޕޮޒިޓިވް ވެފައިވަނީ 780 މީހުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު