ކޮވިޑް ޖެހިގެން މިއަދު ދެވަނަ މީހަކު މަރުވެ ރާއްޖޭގެ ޖުމުލަ 158 އަށް އަރަފިއެވެ.
ބ. އޭދަފުށީގައި ހުންނަ ބ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު މުހައްމަދު ރަޝީދު "ވަން" އަށް މިރޭ ވިދާޅުވީ، އެމީހާ ހޮސްޕިޓަލަށް ގެނައީ މިއަދު ހަވީރު 5:45 ހާއިރު ކަމަށެވެ. އަދި އެމީހާ ގެނައިރުވެސް އޮތީ މަރުވެފައި ކަމަށާއި އެމީހާގެ ކޮވިޑް ޓެސްޓު ހެދިއިރު ކޮވިޑަށް ޕޮޒިޓިވް ކަމަށެވެ.
އޭދަފުށިން ކޮވިޑް ޖެހިގެން މިއަދު މަރުވީ 77 އަހަރުގެ ދިވެހި ފިރިހެކެވެ. ކޮވިޑް ޖެހިގެން އެރަށުން މީގެ ކުރިންވެސް މީހަކު މަރުވެފައިވެއެވެ.
ކޮވިޑް ޖެހިގެން މިއަދު ދެން މަރުވެފައިވަނީ، ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުން އައި އުމުރުން 86 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ މަރުވެފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައެވެ.
ކޮވިޑުގައި އިއްޔެ ވެސް ފަސް މީހަކު ވަނީ މަރުވެފައެވެ.
ރާއްޖޭގައި ކޮވިޑް ޖެހިގެން އެންމެ ގިނަ މީހުން މަރުވީ މިމަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު ބަލީގައި 13 މީހަކު މަރުވިއެވެ.
ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ކޮވިޑުގެ ހަތަރުވަނަ ރާޅެއްގެ ތެރޭގައި މިހާރު ރާއްޖެ އޮތް އިރު، މިދިޔަ 11 ވަރަކަށް ދުވަހު ދުވާލަކު ބަލި ޖެހޭ މީހުންގެ އަދަދު 1000 އިން މަތީގައި ހުރުމަށްފަހު އިއްޔެ ވަނީ މި އަދަދު 1000 އިން ދަށަށް ގޮސްފައެވެ. ނަމަވެސް މިއަދު އަނެއްކާވެސް އަދަދުތައް ވަނީ މައްޗަށް އަރައިފައެވެ. ކޮވިޑު ކޮންޓްރޯލު ކުރުމަށް މިހާރު މުޅި ރާއްޖެއަށް ވަނީ ހަރުކަށި ފިޔަވަޅުތަކެއް ވެސް އަޅައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު