ޖަރުމަނު ވިލާތުގައި އުފައްދާ ބަޔޯއެންޓެކް ފައިޒާ ވެކްސިން 12 އަހަރާއި 15 އަހަރާ ދެމެދުގެ ކުދީންނަށް ޖެހުމުގެ ހުއްދަ ޔޫރަޕިއަން މެޑިސިންސް އޭޖެންސީ (އީއެމްއޭ)އިން ދީފިއެވެ.
އީއެމްއޭއިން އިއްޔެ މި ހުއްދަ ދިނުމާއެކު ޖަރުމަނުން ބުނެފައިވަނީ އަންނަ މަހުން ފެށިގެން އެ އުމުރުފުރައިގެ ކުދިންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމަށް މި އުމުރުފުރައިގެ ކުދިންނަށް ރައްކާތެރި ވެކްސިނެއް ފޯރުކޮށްދިނުމަކީ މިކަމުގައި އެޅޭ ވަރަށް މުހިއްމު ފިޔަވަޅެއްކަމުގައި އީއެމްއޭއިން ވަނީ ބުނެފައެވެ.
ޖަރުމަނުގެ ސުކޫލަށް ދާ މިއުމުރު ފުރައިގެ ކުދިންނަށް އަންނަ މަހުގެ 7 އިން ފެށިގެން ފައިޒާ ވެކްސިން ދިނުން ހުއްދަ ކުރުމަށް ޖަރުމަނުގެ ޗާންސެލަރު އެންޖެލާ މާކެލް އާއި އެގައުމުގެ 16 ސްޓޭޓެއްގެ އިސްވެރިންނާއެކު ބުރާސްފަތި ދުވަހު ބޭއްވޭ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވުމަށް މަސައްކަތްކުރައްވާ ލަމަށް ވެސް ޗާންސެލަރު ވިދާޅުވިއެވެ.
ބަޔޯއެންޓެކް ފައިޒާ ވެކްސިނަކީ އެންމެ ފުރަތަމަ ޔޫރަޕުގެ ގައުމުތަކުގައި ބޭނުންކުރުމަށް ހުއްދަދީފައިވާ ވެކްސިނެކެވެ. މިހާތަނަށް ފައިޒާގެ 173 މިލިއަން ޑޯޒު ދޫކޮށްފައިވާކަމަށްވެސް އެފަރާތުން ވަނީ މައުލޫމާތު ދީފައެވެ.
މިހާރުވެސް ބަޔޯއެންޓެކް ފައިޒާ ވެކްސިން އަންނަނީ ކެނެޑާ އަދި އެމެރިކާގެ 12 އަހަރުން މަތީގެ ކުދިންނަށް ދެމުންނެވެ.
ނިއު އިންގްލެންޑް ޖާނަލް އޮފް މެޑިސިންގައި ހިމަނާފައިވާ ދިރާސާގައި ބުނާގޮތުން 12-15 އަހަރުގެ އުމުރު ފުރާގެ ކުދިން މިވެކްސިނުން %100 ރައްކާތެރި ކޮށްދެއެވެ.
އެފަރާތުން މި އުމުރުފުރާގެ 2000 ކުދިން ބައިވެރިކޮށްގެން ކުރި ދިރާސާގައި ދެބައިކުޅަ އެއްބައި ކުދިންނަށް ފައިޒާ ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކުރިއިރު ދެ ޑޯޒު ފުރިހަމަ ކުރި އެއްވެސް ކުއްޖަކަށް ކޮވިޑް-19 ޖެހިފައި ނުވާކަން ދިރާސާއިން ވަނީ ދައްކާފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ