ލުބުނާނާއި އިސްރާއީލާ ދެމެދު ވެފައިވާ ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމުގެ ދަށުން، އިސްރާއީލުގެ އުތުރު ބޯޑަރު ސަރަހައްދުގައި އާންމުންނަށް އަޅާފައިވާ ހުރިހާ ފިޔަވަޅުތަކެއް މިއަދު އުވާލައިފިއެވެ.
އިސްރާއީލުގެ ހޯމް ފްރަންޓް ކޮމާންޑުން ބުނި ގޮތުގައި، މިއަދު ހެނދުނު 6:00 އިން ފެށިގެން މި ފިޔަވަޅުތައް ވަނީ އުވާލައިފައެވެ. މީގެ ކުރިން އެ ސަރަހައްދުގައި އާންމު އެއްވުންތައް ބޭއްވުމާއި ސްކޫލްތަކުގެ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ހަރުކަށި އުސޫލުތަކެއް ކަނޑައަޅައިފައެވެ. އެގޮތުން، އިމާރާތުން ބޭރުގައި ގިނަވެގެން 100 މީހުންނަށް އަދި އެތެރޭގައި 400 މީހުންނަށް އެއްވެވޭ ގޮތަށް އޮތް އޮތުން މިހާރު ވަނީ ނިމުމަކަށް ގެނެސްފައެވެ.
މި ބަދަލާއެކު، އުތުރު ބޯޑަރު ސަރަހައްދުގެ ރަށްތަކުގެ ހާލަތު އާންމު ހާލަތަކަށް ބަދަލުވެގެންދާނެ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެފައިވެއެވެ. މިއީ ހިޒްބުﷲ އާއެކު ވެފައިވާ އެއްބަސްވުމަށް އަމަލުކުރަން ފެށުމަށްފަހު، އާންމު ހާލަތަކަށް ރުޖޫއަވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
އިސްރާއީލުގެ އެތެރޭގެ ފިޔަވަޅުތަކަށް ލުއި ދިން ނަމަވެސް، ލުބުނާނުގެ ދެކުނުގައި ގާއިމުކޮށްފައިވާ ސަލާމަތީ ސަރަހައްދުން އިސްރާއީލު ސިފައިން ނުފޭބުމަށް ވަނީ ނިންމައިފައެވެ. އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކާޓްޒް ވިދާޅުވި ގޮތުގައި، އެ ސަރަހައްދުގައި ތިބި ސިފައިންނަށް ހަރަކާތްތެރިވުމުގައި އެއްވެސް ހުރަހެއް ނޯންނާނެއެވެ.
އިޒުރެއިލު
އިޒުރެއިލު
އިޒުރެއިލު
އިޒުރެއިލު
ކޮމެންޓް