ކޮވިޑުގައި އައްޑޫ ސިޓީން އިތުރު މީހަކު މަރުވެ، ރާއްޖެއިން އެބަލީގައި މަރުވި މީހުންގެ ޖުމުލަ 145 އަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ) އިން ބުނީ، އައްޑޫ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ހޯދަމުން އައި އުމުރުން 91 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހެނދުނު 10:20 ގައި މަރުވެފައިވާ ކަމަށެވެ.

މިއީ ކޮވިޑު ޖެހިގެން ރާއްޖެއިން މަރުވި 145 ވަނަ މީހާއެވެ. އަދި އައްޑޫ ސިޓީން މިބަލީގައި މަރުވި ދެވަނަ މީހާއެވެ.

ފުރަތަމަ މީހާ މަރުވީ މިދިޔަ ހޯމަ ދުވަހުއެވެ. އެއީ 83 އަހަރުގެ ފިރިހެނެކެވެ. އޭނާއަށްވެސް ފަރުވާ ދެމުން އައީ އައްޑޫ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައެވެ.

ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.