ހުރިހާ ރައްޔިތުން ގުޅިގެން މަސައްކަތް ކޮށްފި ނަމަ، މާ ލަސްތަކެއް ނުވެ އާންމު ހާލަތަކަށް ދެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ، ކޮވިޑް ކޮންޓްރޯލް ކުރެވޭނީ އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށެވެ. އެގޮތުން މިހާރު އަޅަން ނިންމާފައިވާ ފިޔަވަޅުތަކާއެކު ލަސްތަކެއް ނުވެ އާންމު ހާލަތަށް ދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.
"ހުރިހާ ރައްޔިތުން ގުޅިގެން މަސައްކަތް ކޮށްފި ނަމަ، އިރާދަކުރެއްވިއްޔާ މާ ލަސްތަކެއް ނުވެ އާންމު ހާލަތަކަށް ދެވޭނެ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ކުރިއަށް އޮތް މަހެއްހާ ދުވަސްތެރޭގައި ކޮވިޑުގެ ނަންބަރުތަކަށް ކޮންމެވެސް ވަރެއްގެ ދަށްވުމެއް އައުން އެކަށީގެންވާ ކަމަށެވެ. އަދި މިހާރުވެސް ކޭސްތައް ހުރީ ކޮންމެވެސް ވަރެއްގައި ހިފެހެއްޓިފައި ކަމަށް ވިދާޅުވިއެވެ.
ކޮވިޑް ކޮންޓްރޯލް ކުރުމަށް މާދަމާއިން ފެށިގެން ވަނީ އިތުރު ފިޔަވަޅުތައް އަޅަން ނިންމައިފައެވެ. އެގޮތުން ކާފިއުގެ ގަޑި 16 ގަޑިއިރަށް އިތުރުކޮށް ކާފިއު ނޫން ގަޑިތަކުގައިވެސް ފާހާ ނުލައި ބޭރުގައި އުޅުން މަނާކުރަން ވަނީ ނިންމައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު