ކާފިއު ގަޑީގައި ތަންތަނަށް ވަދެ ވިޔަފާރިކުރާ ނަމަ 5000 ރުފިޔާއިން ޖޫރިމަނާކުރަން ނިންމައިފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ، ކޮވިޑް ފެތުރޭތީ މާލޭ ސަރަހައްދުގައި މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށާއި އެގޮތުން އަޅާ އެއް ފިޔަވަޅަކީ ކާފިއުގެ ވަގުތު އިތުރު ކުރުން ކަމަށެވެ.
ކާފިއުގެ ވަގުތު އިތުރުކުރަނީ ހަވީރު 4:00 އިން ހެނދުނު 8:00 އަށެވެ.
މަބްރޫކް ވިދާޅުވީ، ކާފިއުގެ ވަގުތުގައި ތަންތަނަށް ވަދެ ވިޔަފާރި ކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށާއި އެގޮތުން 5،000 ރުފިޔާއިން އެތަންތަން ޖޫރިމަނާ ކުރާނެ ކަމަށެވެ.
"ފިހާރަތަކާއި ހޮޓާ ރެސްޓޯރެންޓުތަކާއި އެނޫންވެސް ތަންތަނުގެ އެތެރޭގައި ކާފިއުގެ ވަގުތުގައި ހިދުމަތްދޭނަމަ އެތަންތަން 5،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ،" މަބްރޫކް ވުދާޅިވިއެވެ.
މަބްރޫކް ވިދާޅުވީ، ހެނދުނު 6:00 އިން މެންދަމު 12:00 އަށް ޑެލިވަރީގެ ހިދުމަތްތައް ދެވޭނެ ކަމަށެވެ.
ކޮވިޑް ކޮންޓްރޯލް ކުރުމަށް މާލޭ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް ހަރުކަށިކުރަން ނިންމާފައި މިވަނީ ކޮވިޑުގެ ހާލަތު މާލޭ ސަރަހައްދުގައި ވަރަށް ބޮޑަށް ގޯސްވުމާ ގުޅިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު