ފިހާރަތަކާއި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ޑެލިވަރީ ކުރެވޭ ގަޑި ހެނދުނު 6:00 އިން މެންދަމު 12:00 އަށް ބަދަލުކޮށްފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން ކާފިއުގެ ވަގުތު ހަވީރު 4:00 އިން ހެނދުނު 8:00 އަށް އިތުރުކުރަން ނިންމާފައިވާ ކަމަށެވެ.
މަބްރޫކް ވިދާޅުވީ ކާފިއުގެ ވަގުތު އިތުރުކުރި ނަމަވެސް ފިހާރަތަކާއި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުން ހެނދުނު 6:00 އިން މެންދަމު 12:00 އަށް ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށެވެ. އަދި ޑެލިވަރީގެ ހިދުމަތް ދިނުމަށް މިހާރު ދޫކޮށްފައިވާ ފާސްތަކުގެ ބޭނުން ކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މާލޭ ސަރަހައްދުގައި ވަނީ ކާފިއު ނޫން ވަގުތުތަކުގައިވެސް ބޭރުގައި އުޅުން މަނާކޮށްފައެވެ. އެ ގަޑީގައި ބޭރުގައި އުޅެވޭނީ ކޮންމެ ގެއަކުން ފުލުހުންގެ ފާސް ލިބިފައިވާ ދެ މީހަކަށެވެ.
މާލޭ ސަރަހައްދުގައި ފިޔަވަޅުތައް ވަރުގަދަކޮށްފައި މިވަނީ، ކޮވިޑްގެ ކޭސްތައް މާލޭގައި ރެކޯޑް މިންވަރަކަށް އިތުރުވެ ބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވުމާ ގުޅިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު